ގއ. ވިލިނގިލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވައިފި

ގއ. ވިލިނގިލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް ހުޅުވުން-- ފޮޓޯ/މީރާ

ގއ. ވިލިނގިލީގައި މީރާގެ ކަލެކްޝަން ސެންޓަރެއް މިއަދު ހުޅުވައިފި އެވެ.

މީރާއިން ބުނީ ވިލިނގިލި ކަލެކްޝަން ސެންޓަރަކީ އެ ސަރަހައްދުގެ ރައްޔިތުންނަށާއި ޓެކްސް ދައްކާ ފަރާތްތަކަށް މީރާގެ ހިދުމަތްތައް ވީހާވެސް ގާތުން ދިނުމަށް ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރެވުނު މުހިއްމު މަސައްކަތެއް ކަމަށެވެ.

އަތޮޅުތަކުގައި ހުޅުވާފައިވާ މީރާގެ އޮފީސްތަކުން، މާލޭގައި ވެސް ޓެކްސް ދައްކާ ފަރާތްތަކަށް ލިބޭ ހުރިހާ ހިދުމަތްތަކެއް ފޯރުކޮށްދެ އެވެ.

އެގޮތުން ވިޔަފާރިތައް މީރާގައި ރަޖިސްޓްރީ ކުރުމާއި، ޓެކްސް ބަޔާންތައް ބަލައިގަތުމާއި، ޓެކްސް އަދި މީރާއަށް ބަލައިގަންނަ އެހެނިހެން ފައިސާ ބަލައިގަތުމުގެ އިތުރުން ޓެކުހާ ގުޅުންހުރި މައުލޫމާތު ބޭނުންވާ ފަރާތްތަކަށް އެ މައުލޫމާތު ފޯރުކޮށްދިނުމުގެ އިންތިޒާމު ހިމެނެ އެވެ.

އަތޮޅުތަކުގައި ދިރިއުޅޭ ޓެކްސް ދައްކާ ފަރާތްތަކަށް ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން މީރާއިން ވަނީ މިހާތަނަށް 15 އަތޮޅުގައި އެ އޮތޯރިޓީގެ 16 އޮފީސް ހުޅުވާފަ އެވެ.

comment ކޮމެންޓް