ރައީސް އޮފީހުގެ އަންޑަސެކްރެޓަރީގެ މަގާމަށް ޑރ. މަލިކް އައްޔަނުކުރައްވައިފި

ރައީސް އޮފީހުގެ އަންޑާ ސެކެޓްރީގެ މަގާމަށް އައްޔަނުކުރެއްވި ޑރ. މަލިކް--

ރައީސް އޮފީހުގެ އަންޑާ ސެކްރެޓަރީގެ މަގާމަށް ޑރ. އަބްދުލް މަލިކް އައްޔަނުކުރައްވައިފިއެވެ.

ރައީސްް އޮފީގުގެ އޮފިޝަލަކު "ސަން" އަށް ވިދާޅުވީ މަލިކް އައްޔަނުކޮށްފައި ވަނީ ޕޮލިސީ ލެވެލްގެ އަންޑާ ސެކެޓްރީގެ މަގާމަކަށް ކަމަށެވެ. އެނގިފައިވާ ގޮތުގައި ޑރ. މަލިކް ރައީސް އޮފީހުގެ ވަޒީފާއަށް އައްޔަނުކުރެވުނީ މިދިޔަ ޑިސެމްބަރު މަހުގެ ފަހުކޮޅުއެވެ.

ޑރ. މަލިކްއާއެކު މިހާރު ރައީސް އޮފީހުގައި 11 އަންޑާ ސެކެޓްރީން ތިއްބަވައެވެ.

ޑރ. މަލިކްއަކީ ސައިކެއަޓްރީން ރެޒިޑެންސީ ހައްސަވާފައިވާ މެޑިކަލް ޑޮކްޓަރެކެވެ. މާސްޓާސް ހެއްދެވީ ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިން އިން، ޕަބްލިކް ހެލްތު އިން ޑިވެލޮޕިންގް ކަންޓްރީޒްގެ ދާއިރާއިންނެވެ.

އޭނާ އެންމެ ފަހުން ހުންނެވީ އައިޖީއެމްއެޗުގެ ހެޑް އޮފް ކޮލިޓީ އިމްޕްރޫވްމަންޓު ޑިޕާޓްމަންޓުގެ މަގާމުގައެވެ. އަދި އައިޖީއެމްއެގައި ގާއިމުކޮށްފައިވާ ނޭޝަނަލް ހެލްތުކެއާ އެކެޑެމީގެ ވައިސް ޑީން ފޯރ އެކެޑެމިކް އެފެއާޒްކަންވެސް ކުރެއްވިއެވެ.

ޑރ. މަލިކް ދާދި ފަހުން ވަނީ އެމެރިކާއިން ދޭ ހޫބަޓް ހަމްފްރީ ފެލޯޝިޕްގެ ދަށުން އެގައުމުގެ އެމަރީ ޔުނިވާސިޓީގައި ޕަބްލިކް ހެލްތު ޕޮލިސީ އެންޑް މެނޭޖްމަންޓްގެ ދާއިރާއިން ކިޔަވާވިދާޅުވެފައެވެ. އަދި އެ ފެލޯޝިޕްގެ ދަށުން ފުރިހަމަކުރަންޖެހޭ ޕްރޮފެޝަނަލް އެފިލިއޭޝާން އޭނާ އަދާކުރެއްވީ އދއަށް ރާއްޖެއިން ކަނޑައަޅާފައިވާ ޕާމަނަންޓް މިޝަންގައެވެ. މީގެ އިތުރުން އެމެރިކާގެ ސެންޓަ ފޯރ ޑިޒީސް ކޮންޓްރޯލް އެންޑް ޕރިވެންޝަނާއި ނޭޝަނަލް ސެންޓަރ ފޯރ ކްރޮނިކް ޑިޒީސް ޕްރިވެންޝަން އެންޑް ހެލްތު ޕްރޮމޯޝަންގައިވެސް މަސައްކަތްކުރެއްވިއެވެ.

ޑރ. މަލިކްއަކީ 2012 ވަނަ އަހަރު ރާއްޖޭގައި ގާއިމުކުރެވުނު ކެންސާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ކޯ ފައުންޑަރެކެވެ. އެ ޖަމިއްޔާއަކީ މިހާރު ޔޫނިއަން އޮފް އިންޓަނޭޝާނަލް ކެންސާ ކޮންޓްރޯލްގެ މެމްބަރެއްވެސް މެއެވެ. މީގެ އިތުރުން ގައިން ގަޔަށް ނާރާ ބަލިތަކާ ދެކޮޅަށް މަސައްކަތްކުރާ މޯލްޑިވްސް ނޮން ކޮމިއުނިކަބަލް ޑިސީސް އެލަޔަންސް (އެންސީޑީ އެލަޔަންސް)ގެ ވެސް ކޯ ފައުންޑަރެއްގެ އިތުރުން އެ ޖަމިއްޔާގެ ޗެއާޕާސަނެވެ.

ޖަމިއްޔާތަކެއް އުފެއްދުމުގައި މަސައްކަތްކުރެއްވުމުގެ އިތުރުން ޑރ. މަލިކް ވަނީ ރާއްޖޭގެ އެހެނިހެން ބައެއް ސިއްހީ ޖަމިއްޔާތަކާއެކު ދަރުމައަށް މަސައްކަތްކުރައްވާފައެވެ. އެގޮތުން ސޮސައިޓީ ފޯރ ހެލްތު އެޑިއުކޭޝަން (ޝީ)ގައި 30 އަހަރަށްވުރެ ގިނަ ދުވަހު، އަދި ޑައިބެޓީސް ސޮސައިޓީ އޮފް މޯލްޑިވްސްގައި 16 އަހަރަށްވުރެ ގިނަ ދުވަހު ވޮލަންޓިއާކުރެއްވިއެވެ. އަދި ޑައިބެޓީސް ސޮސައިޓީގެ ސެކްރެޓަރީ ޖެނެރަލްކަން ކުރެއްވުމުގެ އިތުރުން މޯލްޑިވިއަން މެޑިކަލް އެސޯސިއޭޝަންގެ ބޯޑު މެމްބަރުކަންވެސް ކުރިން އަދާކުރެއްވިއެވެ.

މަލިކް 2012-2013 އަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ)ގެ ބޯޑް މެމްބަރެއްގެ މަގާމުވެސް ފުރުއްވިއެވެ.

comment ކޮމެންޓް