އަޖޭގެ "ތަނަޖީ" އަށް 250 ކުރޯޑުގެ އާމްދަނީއެއް

ތަނަޖީގެ ޕޯސްޓަރެއް---

ބޮލީވުޑްގެ ކާމިޔާބު ތަރިން ކަމަށްވާ ކާޖޮލް، އަޖޭ ދޭވްގަން އަދި ސައިފް އަލީ ހާން ލީޑު ރޯލުން ފެނިގެންދާ ފިލްމު "ތަނަޖީ: ދި އަންސަންގް ވޮރިއާ" މިހާރު ސިނަމާތަކުގައި ދައްކަމުން އަންނައިރު އެ ފިލްމަށް 250 ކުރޯޑުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

އެ ފިލްމަށް ވަނީ 15 ދުވަސްތެރޭ 200 ކުރޯޑުގެ އާމްދަނީ އެއް ލިބިފަ އެވެ. ސައުވީސް ދުވަސްތެރޭ އެ ފިލްމަށް ވަނީ 250 ކުރޯޑުގެ އާމްދަނީ އެއް ލިބިފަ އެވެ.

އިންޑިއާގެ އިތުރުން ބޭރު އެހެން ގައުމުތަކުގައި ފިލްމު ދައްކައިގެން އެ ފިލްމަށް ވަނީ ޖުމްލަ 330.81 ކުރޯޑުގެ އާމްދަނީއެއް ހޯދާފަ އެވެ. އޯމް ރައުތު ޑައިރެކްޓްކޮށްފައިވާ އެ ފިލްމަކީ ހަގީގީ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާފައިވާ ފިލްމެކެވެ.

މި ފިލްމަކީ ސަތާރަ ވަނަ ގަރުނުގައި އިންޑިއާގައި އުފެދުނު ކުޅަދާނަ ހަނގުރާމަވެރިޔާ ތާނަޖީ މަލުސާރޭގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. ފިލްމު އުފެއްދީ 21 މިލިއަން ޑޮލަރު (150 ކުރޯޑު)ގެ ބަޖެޓަކުންނެވެ.

comment ކޮމެންޓް