ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު އަށަކަށް އަރައިފި

މީސްލްސް (ހިމަބިހި) އަށް ޕޮޒިޓިވި މީހުންގެ އަދަދު އަށަކަށް އަރައިފި އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ޓްވީޓާގައި އާންމު ކުރި މައުލޫމަތުތަކުން އެނގޭ ގޮތުގައި، ވޭތުވެވެދިޔަ ދެދުވަހު ޓެސްޓް ކުރި މީހުންގެ ތެރެއިން ދެ މީހަކު ހިމަ ބިއްސަށް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

އެހެންކަމުން އެއާއެކު ހިމަ ބިއްސަ ޕޮޒިޓިވް ވި މީހުންގެ އަދަދު ވަނީ އަށަކަށް އަރާފަ އެވެ.

ރާއްޖެއިން ނައްތާލެވުނު ކަމަށް 2017 ވަނަ އަހަރު އިއުލާނުކުރި ހިމަބިހި އަލުން ފެންނަން ފަށާފައިވާއިރު، ބަލި އިތުރަށް ފެތުރުނަ ނުދިނުމުގެ ގޮތުން ހެލްތު މިނިސްޓްރީން އަންނަނީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އަޅަމުންނެވެ.

އެގޮތުން ހިމަބިހިން ރައްކާތެރިވުމަށްދޭ ވެކްސިންގެ ދެ ޑޯޒް ހަމަ ނުކުރާ ފަރާތްތަކަށް ވެކްސިން ދިނުމުގެ ބޮޑު ކެމްޕޭނެއް ވަނީ ފަށައިފަ އެވެ.

ވެކްސިން ޖެހުމުގެ ކަންކަން ހެލްތް މިނިސްޓްރީން އިތުރުކޮށްފައިވާއިރު، އަވައްޓެރި އިންޑިއާ އިން ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެމްއެމްއާރް ވެކްސިންގެ 30،000 ޑޯޒް ރާއްޖެއަށް ހަދިޔާކޮށްފަ އެވެ.

comment ކޮމެންޓް