ރެޑްވޭވް އަހަރީ ބާޒާރުގެ ނަސީބުވެރި ފަރާތްތައް ހޮވައިފި

ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަ މޯލް-- ސަން ފޮޓޯ/ފަޔާޒު މޫސާ

މިދިޔަ އަހަރު ތެރޭގައި ރެޑްވޭވުން ކުރިއަށް ގެންދިޔަ އަހަރީ ބާޒާރުގެ ނަސީބުވެރި ފަރާތްތައް ހޮވައިފިއެވެ.

ހުޅުމާލޭގައި ހުންނަ ރެޑްވޭވް މެގަ މޯލްގައި މިއަދު ބޭއްވި އެ ގުރުއަތު ނެގުމުގައި 10،000 ރުފިޔާގެ ނަގުދު ފައިސާގެ އިނާމު ލިބޭ ފަސް ފަރާތެއްގެ އިތުރުން އިނާމުގެ ގޮތުގައި ރެޑްވޭވުން ވިއްކާ އެކި މުދާ ލިބޭ 10 ފަރާތެއް ވެސް ވަނީ ހޮވާފައެވެ.

އިނާމުގެ ގޮތުގައި ގުރުއަތުން ހޮވުނު ފަރާތްތަކަށް ދިން އިނާމުތަކަކީ 55 އިންޗީގެ ފަސް ޓީވީ، މޮޑާން ސޯފާ ސެޓް، ފޮތް ހަރުގަނޑު. ސެކްޝަނަލް ސޯފާ ސެޓް އަދި ގްލެން އެއާ ޕިއުރިފަޔާއެއްގެ އިތުރުން ނިކާއީ ބްރޭންޑުގެ 18،000 ބީޓީޔޫގެ އޭސީއެކެވެ.

ފައިސާގެ އިނާމު ލިބުނު ފަސް ފަރާތް

  • ކޫޕަން ނަންބަރު: 67590
  • ކޫޕަން ނަންބަރު: 29468
  • ކޫޕަން ނަންބަރު: 46096
  • ކޫޕަން ނަންބަރު: 75457
  • ކޫޕަން ނަންބަރު: 54115

55 އިންޗީގެ ޓީވީ ލިބުނު ފަރާތްތައް

  • ކޫޕަން ނަންބަރު: 41146
  • ކޫޕަން ނަންބަރު: 10266
  • ކޫޕަން ނަންބަރު: 38086
  • ކޫޕަން ނަންބަރު: 25124
  • ކޫޕަން ނަންބަރު: 77929

ނިކާއީ ބްރޭންޑުގެ 18،000 ބީޓީޔޫގެ އޭސީ ލިބިފައިވަނީ 03233 ކޫޕަން ނަންބަރުގެ ނަސީބުވެރި ފަރާތަށެވެ. އަދި ފޮތް ހަރުގަނޑު ލިބުނީ ކޫޕަން ނަންބަރު 16876 ގެ ނަސީބުވެރި ފަރާތަށެވެ.

މީގެ އިތުރުން 10396 ކޫޕަން ނަންބަރުގެ ނަސީބުވެރި ފަރާތަށް ގްލެން އެއާ ޕިއުރިފަޔާ ލިބުނުއިރު، ސޯފާ ސެޓްތައް ލިބުނީ ކޫޕަން ނަންބަރު 20686 އާއި 66604 ގެ ނަސީބުވެރި ފަރާތްތަކަށެވެ.

މާލެއާއި ހުޅުމާލޭގައި ހުންނަ ރެޑްވޭވުގެ ހުރިހާ ފިހާރައެއްގައި މިދިޔަ އަހަރުގެ އޮކްޓޫބަރު ހަވަނަ ދުވަހުން ފެށިގެން ޖެނުއަރީ 15ގެ ނިޔަލަށް ކުރިއަށް ގެންދިޔަ އެ ޕްރޮމޯޝަންގައި 500 ރުފިޔާއިން ފެށިގެން މަތިން ކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަނެއް ދީފައިވެއެވެ.

އެ ޕްރޮމޯޝަންގައި ކަނޑައެޅިފައިވާ ވަކި އައިޓަމްތަކުން ބޮޑެތި ޑިސްކައުންޓުތައް ވެސް ދިންއިރު، އެ ޕްރޮމޯޝަނާ ވިދިގެން ބޮޑެތި އިނާމްތައް ލިބޭ ހާއްސަ ޕްރޮމޯޝަންތަކެއް ސޯޝަލް މީޑިއާގައި ވެސް ވަނީ ކުރިއަށް ގެންގޮސްފައެވެ.

comment ކޮމެންޓް