"ދަ އިންޓާންސް"ގެ ހިންދީ ރީމޭކަށް ދީޕިކާ އާއި ރިޝީ

ބަތަލާ ދީޕިކާ އާއި ރިޝީ ކަޕޫރު---

ދެހާސް ފަނަރަވަނަ އަހަރު ނުކުތް ކޮމެޑީ ޑްރާމާ "ދަ އިންޓާންސް"ގެ ހިންދީ ރީމޭކެއް ހެދުމަށް ނިންމައިފި އެވެ.

އެ ފިލްމުގެ ހިންދީ ރީމޭކުގައި ހަރަކާތްތެރިވާނީ ބޮލީވުޑްގެ ކާމިޔާބު ބަތަލާ ދީޕިކާ ޕަދުކޯން އާއި ރިޝީ ކަޕޫރެވެ. ސުނިލް ކެޓެޕެލް އާއި ދީޕިކާ ޕްރޮޑިއުސްކޮށްފައިވާ އެ ފިލްމު މިހާރު އިއުލާންކޮށްފައިވާއިރު އެ ފިލްމު ރިލީޒްކުރާނީ އަންނަ އަހަރު އެވެ.

ކާ ޕްރޮޑަކްޝަން، ވާނާ ބްރޯސް އާއި އަޒުރޭ އެންޓަޓެއިންމަންޓުން ގުޅިގެން ގެނެސްދޭ އެ ފިލްމާ ގުޅޭ ގޮތުން ރިޝީ ބުނީ ދީޕިކާ އާއެކީ މަސައްކަތްކޮށްލަން ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހި އުފާވާ ކަމަށެވެ. އަދި މި ފިލްމުގެ މަސައްކަތް ފެށުމަށް ކެތްމަދުވެފައިވާ ކަމަށްވެސް ރިޝީ ބުންޏެވެ.

ދީޕިކާ އާއި ރިޝީ ވަނީ މީގެ ކުރިން ވެސް އެކުގައި މަސައްކަތްކޮށްފަ އެވެ. އެއީ 2009 ވަނަ އަހަރު ނުކުތް ލަވް އާޖް ކަލް އެވެ.

ރީޝީ ކަޕޫރަކީ، ދީޕިކާ ކުރިން ލޯބީގެ ގޮތުން ގުޅިގެން އުޅުނު ރަންބީރު ކަޕޫރުގެ ބައްޕަ އެވެ.

comment ކޮމެންޓް