އަކްޝޭގެ "ބައްޗަން ޕާންޑޭ" އަންނަ އަހަރަށް ފަސްކޮށްފި

ބައްޗަން ޕާންޑޭ ގައި އަކްޝޭ ފެނިގެންދާ ގޮތް---

ތަފާތު ގޮތަކަށް އަކްޝޭ ކުމާރު ފެނިގެންދާ ފިލްމު "ބައްޗަން ޕާންޑޭ" ރިލީޒްކުރާ ދުވަސް ފަސްކޮށްފި އެވެ.

މި ފިލްމު ފުރަތަމަ ރިލީޒްކުރަން ނިންމީ މި އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. އެ ތާރީހަކީ އާމިރު ޚާންގެ "ލާލް ސިންގް ޗައްޑާ" ވެސް ރިލީޒްކުރުމަށް ހަމަޖެހިފައިވާ ތާރީހެވެ. އާމިރު ހާންގެ އެދުމުގެ މަތިން އަކްޝޭ އާއި ފިލްމުގެ ޕްރޮޑިއުސަރު ސާޖިދު ނަދިއަދްވާލާ ވަނީ މި ފިލްމު ރިލީޒްކުރުން އަންނަ އަހަރަށް ފަސްކޮށްފައެވެ. އެކަމާ ގުޅިގެން އާމިރު ވަނީ އެދެމީހުންނަށް ވަރަށް ބޮޑަށް ޝުކުރުއަދާކޮށްފައެވެ.

ބައްޗަން ޕާންޑޭގެ އާ ޕޯސްޓަރެއް ދައްކާލައި ފިލްމު ރިލީޒްކުރާ ތާރީހު މިހާރު ވަނީ އިއުލާންކޮށްފައެވެ. ފިލްމު ރިލީޒްކުރާނީ އަންނަ އަހަރުގެ ޖަނަވަރީ މަހުގެ 22 ވަނަ ދުވަހުއެވެ. އެ ފިލްމަކީ 2014 ގައި ރިލީޒްކުރި ތަމަޅަ ފިލްމު "ވީރަމް" ގެ ރިމޭކެކެވެ. އެ ފިލްމަކީ ދުޝްމަނުންގެ ކިބައިން އާއިލާ ހިމާތްކުރަން މަސައްކަތްކުރާ ހިތްހެޔޮ މީހެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

އާމިރު ހާން އާއި ކަރީނާ ކަޕޫރު ލީޑު އޯލުން ފެނިގެންދާ "ލާލް ސިންގް ޗައްޑާ" އަކީ 1994 ގައި ނުކުތް ފިލްމު "ފޮރެސްޓް ގަމްޕް" ގެ ރިމޭކް އެކެވެ.

comment ކޮމެންޓް