އުރީދޫއިން މިއަހަރު އަމާޒު ހިފަނީ ސައިބާ ކްރައިމް ހުއްޓުވަން!

އުރީދޫގެ 2020 ވަނަ އަހަރުގެ ސީއެސްއާރު ޕްރޮގްރާމް، ސައިބާ ސޭފްޓީ ކެމްޕޭން އިފްތިތާހު ކުރުން--ފޮޓޯ/އުރީދޫ

އިންޓަނެޓު ބޭނުންކުރާ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރު ކުރުމުގެ އަމާޒާއެކު އުރީދޫގެ މިއަހަރުގެ ސީއެސްއާރު ކެމްޕޭން އިފްތިތާހުކޮށްފި އެވެ.

އުރީދޫއިން ހޮޓެލް ޖެންގައި ބޭއްވި 'މަރުހަބާ 2020' ހަފްލާގައި އެކުންފުނީގެ 'ސައިބާ ސޭފްޓީ ކެމްޕޭން' ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސް އޮފީހުގެ މިނިސްޓަރު އަހްމަދު ސަމީރުއާއި އުރީދޫގެ މެނޭޖިންގް ޑިރެކްޓަރު އަދި ސީއީއޯ ނަޖީބް ހާން އެވެ.

އުރީދޫއިން ބުނީ މި ކެމްޕޭނުގެ މައިގަނޑު އަމާޒަކީ ސައިބާ ސޭފްޓީއާ ބެހޭގޮތުން މުޅި ރާއްޖެ ހޭލުންތެރިކޮށް، އިންޓަނެޓަކީ ހުރިހާ އެންމެންނަށް ވެސް އަމާން ތަނަކަށް ހެދުން ކަމަށެވެ.

މީގެ އިތުރުން އެ ހަފްލާގައި އުރީދޫއިން 2018 ވަނަ އަހަރު ފެށި ނިރު އެކްސެލެރޭޓާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި ވެސް ވަނީ ފަށާފަ އެވެ.

އުރީދޫގެ ނިރު އެކްސެލެރޭޓާ ޕްރޮގްރާމުގެ ދެވަނަ ފިޔަވަހި އިފްތިތާހު ކުރުން-- ފޮޓޯ/އުރީދޫ

ނިރު އެކްސެލެރޭޓާއަކީ އީޖާދީ ދިވެހި އުފެއްދުންތަކަށް ރާއްޖެއިންނާއި ބައިނަލްއަގުވާމީ މާކެޓުގައި ކުރިއެރުމުގެ ފުރުސަތުތައް ހޯދައިދިނުމަށް ރާއްޖޭގައި ފެށި އެފަދަ ފުރަތަމަ އެކްސެލެރޭޓަރ ޕްރޮގްރާމެވެ.

ގުޅޭ ޓެގު
comment ކޮމެންޓް