ޕަރިނީތީއަށް ރާއްޖެ ނައިސް ނުހުރެވުނު

ޕަރިނީތީ ޗޯޕްޅާ--

ބޮލީވުޑްގެ ތަރި ޕަރިނީތީ ޗޯޕްޅާ ރާއްޖޭގައި ޗުއްޓީ ހޭދަކުރަމުން އެބަދެ އެވެ.

މިފަހަރު ޕަރިނީތީ ރާއްޖެއައިސް ޗުއްޓީ ހޭދަކުރަމުން އަންނަނީ ގިރިލަންކަންފުަށި ރިޒޯޓްގަ އެވެ. އޭނާ ރާއްޖެ އައިސް ނަގާފައިވާ ހިތްގައިމު ފޮޓޯތަކެއް ވަނީ އޭނާގެ އިންސްޓަގްރާމް އެކައުންޓުގައި ހިއްސާކޮށްފަ އެވެ.

އޭނާ ބުނަނީ ރާއްޖެއަކީ އޭނާގެ ދެވަނަ ގެ ކަމަށެވެ. މީގެ ކުރިންވެސް ޕަރިނީތީ ވަނީ ރާއްޖޭގައި އެކި ފަހަރު މަތިން ޗުއްޓީ ހޭދަކޮށްފަ އެވެ. އޭނާ އެންމެ ފަހުން ރާއްޖެ އައި ފަހަރު ޗުއްޓީ ހޭދަކުރީ ލަކްސް ސައުތު އަރި އެޓޯލް ރިސޯޓްގަ އެވެ.

ޕަރިނީތީ އެންމެ ފަހުން ސްކްރީނުން ފެނިގެންދިޔައީ އަރްޖުން ކަޕޫރާއެކު މިދިޔަ އަހަރު ނުކުތް ފިލްމު "ޖަބަރިޔާ ޖޯޅީ" އިންނެވެ. އޭނާ މިހާރު އަންނަނީ ފިލްމު "ސައިނާ"ގެ މަސައްކަތް ކުރަމުންނެވެ.

comment ކޮމެންޓް