ފިލްމު "83"ގެ ޕޯސްޓަރުތަކެއް!

ފިލްމު "83"ގެ ޕޯސްޓަރެއް---

ކަބީރު ޚާންގެ ކުރިއަތް އޮތް ކްރިކެޓް ފިލްމު "83"ގެ ޕޯސްޓަރުތަކެއް އާންމުކޮށްފި އެވެ.

ފިލްމުގެ މޯޝަން ޕޯސްޓަރަކާ ފިލްމުގެ ތަރިން ވަކިވަކިން ހިމެނޭ ޕޯސްޓަރުތަކެއް އާންމުކުރި އިރު މި ފިލްމަކީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ސިނަމާތަކަށް ގެންނަން ތާވަލްކޮށްފައިވާ ފިލްމެކެވެ. މި ފިލްމަކީ އިންޑިއާގެ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވް ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަންގެ ދަށުން 1983ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ.

ފިލްމުގެ ފިރިހެން ލީޑަކީ ރަންވީރު ސިންހް އެވެ. އަދި އަންހެން ލީޑަކީ ރަންވީރުގެ އަންހެނުން ދީޕިކާ ޕަދުކޯންއެވެ.

ބޮޑު ކާސްޓެއް އެކުލެވޭ އެ ފިލްމުގެ ފަސްޓްލުކް ވެސް މިހާރު ވަނީ ދައްކާލައިފަ އެވެ. ދީޕިކާ އާއި ރަންވީރުގެ އިތުރުން އެ ފިލްމުގައި ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ ދައިރިއާ ކަރްވާ، ޑިންކަރް ޝަރުމާ، ސާގިބް ސަލީމް އަދި ތާހިރު ރާޖް ބާސިން އެވެ.

މި ފިލްމު ތެލުގޫ އަދި ތަމިލް ބަހުން ވެސް ރިލީޒްކުރާނެ އެވެ.

comment ކޮމެންޓް