ދިރާގު ޓީވީން އައްޒައާ ގުޅިގެން އާ ކޮންޓެންޓު އުފައްދަނީ

ދިރާގު ޓީވީއާއި އައްޒައާ ގުޅިގެން އާ ކޮންޓެންޓު އުފެއްދުމަށް އެއްބަސްވުމުގެ ރަސްމިއްޔާތުގެ ތެރެއިން --- ފޮޓޯ : ދިރާގު

މަޝްހޫރު އެކްޓްރެސް މަރިޔަމް އައްޒަ އާ ގުޅިގެން ދިރާގު ޓީވީއިން އާ ކޮންޓެންޓު އުފެއްދުމަށް އެއްބަސްވެއްޖެ އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އައްޒައާއި ދިރާގު ޓީވީއިން ގުޅިގެން ކޮންޓެންޓު އުފެއްދުމަށް ސޮއިކޮށްފައިވަނީ ދިރާގު ވީޑިއޯ އޮން ޑިމާންޑު ހިދުމަތަށް އާ ކޮންޓެންޓު އިތުރުކުމުގެ ގޮތުންނެވެ.

ދިރާގުން ބުނެފައިވަނީ އެ އެއްބަސްވުމުގެ ދަށުން އުފައްދާ ކޮންޓެންޓު، މިއަހަރުގެ ތެރޭގައި ދިރާގު ވީޑިއޯ އޮން ޑިމާންޑު ލައިބްރަރީއިން ލިބިގެންދާނެ ކަމަށެވެ.

އެ ރަސްމިއްޔާތުގައި ވާހަކަދައްކަމުން އައްޒަ ބުނީ ދިރާގު ފަދަ ބޮޑު ކުންފުންޏަކުން އެފަދަ ޕްރޮޖެކްޓެއް ހެދުމަށް ފުރުސަތު ފަހިކޮށްދިނުމަކީ ފިލްމީ ކެރިއަރަށްވެސް ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ.

"ދިރާގަކީ ފަންނުވެރިންގެ މަސައްކަތް އަގު ވަޒަންކުރާ އަދި ހާއްސަ ގޮތެއްގައި ފިލްމި ފަންނާނުންގެ މަސައްކަތަށް ހިއްވަރުދީ، މާލީގޮތުންނާއި، ފަންނީގޮތުން ދާއިރާ އެހެން ހަރުފަތަކަށް ގެންގޮސް ދިނުމަށް ޕްލޭނަކައިއެކު ވަރަށް ބުރަމަސައްކަތްތަކެއް ކުރަމުން އަންނަ ފަރާތެއް،" އައްޒަ ބުންޏެވެ.

ދިރާގު ޓީވީ އަކީ ރާއްޖޭގައި އެންމެ ފުރަތަމަ އައިޕީޓީވީގެ ހިދުމަތެވެ. ކަސްޓަމަރުންނަށް ބޭނުންކުރަން ފަސޭހަވާނެގޮތަކަށް ފަރުމާކުރެވިފައިވާ އެ ޕްލެޓްފޯމު މެދުވެރިކޮށް ދިރާގުން ދަނީ ދިވެހި އުފެއްދުންތަށް ކުރިއެރުވުމަށް މަސައްކަތް ކުރަމުން ކަމަށް ދިރާގުން ވަނީ ބުނެފަ އެވެ.

comment ކޮމެންޓް