ގޮށްރާޅު އާއި މާމުއި ގެ ޓިކެޓް ވިއްކުން މިއަދު ފަށާނެ

ގޮށްރާޅު އާއި މާމުއި އަލުން އޮލިމްޕަސް ސްކްރީނަށް---

މިދިޔަ އަހަރު ސިނަމާގައި އެޅުވި ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކާމިޔާބު ދެ ފިލްމު ކަމަށްވާ "ގޮށްރާޅު" އާއި "މާމުއި"ގެ ޓިކެޓް ވިއްކުން މިއަދު ފަށާނެއެވެ.

ޕްރޮޑިއުސަރު މުހައްމަދު އަލީ (މޮގާ) ސަން އަށް ބުނީ ޓިކެޓް ވިއްކާނީ އޮލިމްޕަސް ކައުންޓަރުން ކަމަށެވެ. އަދި ޓިކެޓް ވިއްކާނީ ހަވީރު 4 އިން 6:30 އަށެވެ. އަދި ރޭގަނޑު އަށަކުން ދިހަ އަކަށް ކަމަށެވެ. ޓިކެޓް ވިއްކުން ކުރިއަށްދާނީ އަންނަ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުގެ ނިޔަލަށެވެ.

ގޮށްރާޅުގެ ތަރިންނަކީ ޖުމައްޔިލް ނިމާލް، ހަސަން އިރުފާން (ޒަކިއްޓެ)، އަލަށް ތައާރަފުވި ދެ ބަތަލުން ކަމަށްވާ ތަސްނީމާ، ރަޝްފާ، އަދި އަޒާން އެވެ. އޭގެ އިތުރުން ފިލްމުގައި ދެން ހަރަކާތްތެރިވާނެ ބައެއް ތަރިންނަކީ އިސްމާއިލް ޖުމައިހު އަދި ނުޒުހަތު ޝުއައިބު (ނުޒޫ)އެވެ.

ބޮޑު ކާސްޓެއް ހިމެނޭ މާމުއި އަކީ އައިޝަތު ފުއާދު އަދި އަހްމަދު ތޮލާލުގެ ވާހަކައެއްގެ މައްޗަށް މުހައްމަދު އަލީ (މޮގާ) ޕްރޮޑިއުސްކޮށްފައިވާ ފިލްމެކެވެ. ފިލްމުގެ ޑައިރެކްޓަރަކީ އަލީ ޝިފާއު (ޗިއްޕެ) އެވެ.

comment ކޮމެންޓް