"ޖެންގޯ ގާލްސް މާލެ" ވޯކްޝޮޕް ކާމިޔާބުކާއެކު ނިންމާލައިފި

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން 'ޖެންގޯ ގާރލްސް މާލެ' ނަމުގައި ބޭއްވި ވޯކްޝޮޕް ކާމިޔާބުކަމާއެކި ނިންމާޅައި ބައިވެރިންނަށް ހަދާނީ ލިޔުން ދީފި އެވެ.

މިމަހު 17 އިން 18 އަށް ކުރިއަށް ދިޔަ މި ވޯކްޝަޕްގައި ޖުމްލަ 28 ބައިވެރިން ބައިވެރިވިއެވެ. ވޯކްޝޮޕްގެ މައިގަނޑު މަގުސަދަކީ ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ބައިވެރިވުން އިތުރުކުރުކޮށް ބާރުވެރިކުރުވުމެވެ.

ދިރާގުން ބުނި ގޮތުގައި، "ވޯކްޝޮޕުގައި ޕައިތަން އަދި ޖެންގޯ ފްރޭމްވޯކު ބޭނުންކޮށްގެން ބައިވެރިންނަށްވަނީ ވެބްސައިޓް ހަދަން ދަސްކޮށްދީފައެވެ. މި ވޯރކްޝޮޕްގައި މެންޓާސް ނުވަތަ ކޯޗުންގެ ގޮތުގައި ހަރަކާތްތެރިވެފައިވަނީ ވިމެން އިންޓެކް މޯލްޑިވްސް އިން 2019 ގައި ހިންގި ޖެންގޯ ކޯޗުން ތައްޔާރުކުރުމުގެ ޕްރޮގްރާމްގެ 12 ބައިވެރިންނެވެ. މި ވޯކްޝޮޕް ޚާއްސަ ކުރެވިފައިވަނީ 16 އަހަރުން މަތީގެ އަންހެން ބައިވެރިންނަށެވެ.

ނިމުމުގެ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނު، ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރި އޮފް ޕޮލިސީ އާމިނަތު ޝައުނާ ވިދާޅުވި ގޮތުގައި އަންހެނުންގެ ދައުރު ޑިޒިޝަން މޭކިން ލެވެލްގައި އިތުރު ކޮށް ޓެކް ދާއިރާގައި ބާރުވެރި ކުރުމަށް ނުހަނު ގިނަ މަސައްކަތްތަކެއް ސަރުކާރުން ދަނީ ކުރަމުން ކަމަށެވެ. އަދި ސަރުކާރުގެ ޑިޖިޓައިޒޭޝަން މަސައްކަތްތަކުގައި ޒުވާން އަންހެނުންގެ ދައުރު މުސްތަގުބަލުގައި ފެންނާނެ ކަމުގެ ޔަގީންކަން މި ޕްރްގުރާމުގެ ސަބަބުން ލިބިގެންދިޔަ ކަމަށެވެ.

ދިރާގުގެ ފަރާގުން އެ ކުންފުނީގެ މެނޭޖަރ ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ ބިޝާރާ ހަމީދު ވިދާޅުވި ގޮތުގައި އަންހެނުން ބާރުވެރި ކުރުން އަދި ވަކިން ހާއްސަކޮށް ޓެކް ދާއިރާގައި އަންހެނުން ބާރުވެރި ކުރުމަކީ ދިރާގުގެ އިޖުތިމާއީ ޒިންމާގެ ދަށުން ވަރަށް ބޮޑު އަހަންމިއްޔަތުކަމެއް ދެމުން އަންނަ ކަމެއްކަމަށެވެ. ޖެންގޯ ގަރލްސް އަދި ގަރލްސް ޓު ކޯޑް ފަދަ ޕްރޮގުރާމްތަކަށް ދިރާގުން ސަޕޯޓް ދިނުމުގެ މައިގަނޑު ބޭނުމަކީވެސް ގިނަ އަންހެން ކުދިން މި ދާއިރާގައި ކުރިއެރުވުމުގެ މަގުސަދުގައިއެވެ.

ވިމެން އިން ޓެކް މޯލްޑިވްސް ގެ ފަރާތުން ވަނީ އެހާ ކުޑަ ދުވަސް ކޮޅެއްތެރޭގައި މި ޕްރޮގްރާމުގައި ބައިވެރވާން ޝައުގުވެރިކަން ފާޅުކުރި ފަރާތްތަކުގެ އަދަދު އިތުރު ވުމުން އެކަން ފާހަގަކޮށް އުފާ ކުރާ ކަމަށް ބުނެފައެވެ.

"ޓެކްނޮލޮޖީގެ ދާއިރާގައި އަންހެނުންގެ ދައުރު އަދިވެސް ފެންނަނީ ވަރަށް މަދުން. އެހެން ނަމަވެސް މި ޕްރޮގުރާމުގައި ބައިވެރިވި އަންހެނުންގެ އަދަދު އެންމެ 4 ދުވަހުގެ ތެރޭގައި ޑަބަލް ވެގެން ދިޔުމުން ވަރަށް އުފާވި. މީގެން އަންގައިދެނީ އަންހެނުން މި ދާއިރާއަށް ޝައުގުވެރިވާކަން އަދި އަންހެނުންނަށް ފުރުސަތުތަށް ހޯދައިދިނުމުގެ މުހިންމުކަން. ސަބަބަކީ މި ދާއިރާއަކީ ގޭގައި ތިބެގެން އާމްދަނީ ހޯދަން ބޭނުންވާ އަންހެނުންނަށްވެސް ކުރެވޭނެ މުހިންމު މަސައްކަތަކަށް ވުމުން" ވިމެން އިން ޓެކް މޯލްޑިވްސް ގެ ކޯ ފައުންޑަރު، އައިޝަތު އަދުނާނު ވިދާޅުވިއެވެ.

ދިރާގާއި ވިމެން އިން ޓެކް މޯލްޑިވްސް އިން ވަނީ ގާލްސް ޓު ކޯޑް ގެ ޕްރޮގުރާމު ކުރިއަށް ގެންގޮސްފައިއެވެ. އަދި މި ސީރީސް ގެ ފުރަތަމަ ޕްރޮގުރާމް ވަނީ މިދިޔަ އަހަރު ފުވައްމުލަކުގައި ބާއްވާފައިއެވެ.

comment ކޮމެންޓް