ޑާކްރެއިންގެ "ނޮވެމްބަރު"ގެ ޝޫޓިން ކާމިޔާބު ކަމާއެކު ނިންމާލައިފި

ފިލްމުގެ ޝޫޓިން ވަނީ އެއްކޮށް ނިމިފައި-- ފޮޓޯ/ ޑާކްރެއިން

ޑާކްރެއިން އެންޓަޓެއިންމަންޓްގެ ކުރިއަށް އޮތް ފިލްމު "ނޮވެމްބަރު"ގެ ޝޫޓިން ކާމިޔާބުކަމާއެކީ ނިންމާލައިފިއެވެ.

ފިލްމުގެ ފަހު ޝޮޓް ނެގުމަށް ކާސްޓުން އިއްޔެ ވަނީ ދ. ކުޑަހުވަދުއަށް ގޮސްފައެވެ. އަދި ފިލްމުގެ ބާކީ ހުރި މަންޒަރުތައް ނެގުމަށްފަހު ތަރިންވަނީ އިއްޔެ މާލެ އެނބުރި އައިސްވެސްފައެވެ.

ފިލްމުގެ ފަހު މަންޒަރު ޝޫޓް ކުރީ މަންތާ އެއާގެ މަތިންދާބޯޓެއްގައިއެވެ. ފިލްމު ޝޫޓްކުރަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ ސޯޝަލް މީޑިއާގައި ހިއްސާކޮށްފައެވެ.

ފިލްމު ރިލީޒްކުރާނީ މި އަހަރުގެ މެދުތެރޭގައެވެ. މި ފިލްމަކީ ލޯބީގެ ރަހަތައް އެކުލެވިގެންވާ ފިލްމެކެވެ.

ފިލްމުގެ ޝޫޓިން ވަނީ އެއްކޮށް ނިމިފައި-- ފޮޓޯ/ ޑާކްރެއިން

މަރިޔަމް މަޖުދާ އަދި ޖުމައްޔިލް ނިމާލު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ސްކްރިޕްޓް ތައްޔާރުކޮށްފައި ވަނީ އައިޝަތު ފުއާދު ތައުފީގު އަދި އަހްމަދު ތޮލާލުއެވެ. އަލީ ޝިފާއު (ޗިއްޕެ) އަދި އައިޝަތު ފުއާދު ޑައިރެކްޓްކުރާ "ނޮވެމްބަރު"ގެ ޕްރޮޑިއުސަރުންނަކީ މޮގާ އަދި އައިޝަތު ފުއާދެވެ. ފިލްމުގެ ސިނަމޮޓޮގްރަފީ ތައްޔާރުކުރާނީ އަހްމަދު ޝިނާން އަދި އަލީ ޝިފާއުއެވެ.

މި ފިލްމަކީ ޑާކްރެއިން އެންޓަޓެއިންމަންޓްގެ ލޯބި ޖޯޑު މަރިޔަމް މަޖުދާ އާއި ޖުމައްޔިލް ނިމާލް ކަޕްލް އެއްގެ ގޮތުގައި ފެނިގެންދާނެ ފަހު ފިލްމުވެސް މެއެވެ.

comment ކޮމެންޓް