65 އަހަރު އެކުގައި، ވަކިވެދިޔައީވެސް ދާދި އެކުގައި!

ޖެކް އާއި ހެރިއަޓް މޮރިސަން ނާސިން ހޯމްގައި-- ފޮޓޯ:ސީއެންއެން

އެމެރިކާގައި އުމުރުން ދުވަސްވީ ދެމަފިރިއަކު، ނާރސިން ހޯމްއެއްގައި ދާދި އެކުއެކީގައި މަރުވެއްޖެއެވެ. އެކުގައި 65 އަހަރު ހޭދަކޮށްފައިވާއިރު، ފަހު ދުވަސްތަކުގައި ދެމީހުންގެ ސިއްޚީ ހާލުހުރިގޮތުން ތިބީ ސެއިންޓް ލުއީސް ނާރސިން ހޯމްގައި ބައިތިއްބާފައެވެ. މައުލޫމާތު ލިބޭގޮތުގައި ދެމީހުން މަރުވި ވަގުތުގެ ދުުރުމިނުގައި ހުރީ މަދު ގަޑިއިރުކޮޅެކެވެ.

ޖެކް އާއި ހެރިއަޓް މޮރިސަން ނަމަކަށް ކިޔާ މި ދެމަފިރިންގެ ހަޔާތަށް ގިނަބައެއްގެ ސަމާލުކަން ލިބެމުން އަންނައިރު ގިނަބަޔަކު ސިފަކުރަނީ ދެމީހުންގެ ދިރިއުޅުން ފިލްމެއް ފަދައިންނެވެ.

'އިންސެޕަރަބަލް ކަޕްލް'ގެ ނަމުން ނަންދެވިފައިވާ ޖެކް އާއި ހެރިއަޓް އެންމެ ފުރަތަމަ ބައްދަލުވީ 1955 ވަނަ އަހަރު އެވެ. ދެމީހުންގެ ދެމެދުގައި ފުރަތަމަ ނަޒަރުންވެސް ލޯބި އުފެދުުނުކަމަށް ބުނެފައިވެ އެވެ. ދެމީހުން ބައްދަލުވީ ޖެކް ދުއްވަން އިން އޭނާގެ އާއިލީ ޗާޓާ ބަހެއްގެ ތެރެއިންނެވެ.

އާއިލާއާއި ގާތް މީހުންނާއި ހަވާލާދީ މީޑިއާތަކުގައިވާގޮތުން ދެމީހުންނަކީ އަބަދުވެސް އެކުގައި ވަރަށް ލޯބިން އުޅުނު ޖޯޑެކެވެ.

ޖެކް އާއި ހެރިއަޓްގެ ކައިވެނީގެ ފޮޓޯއެއް--ފޮޓޯ:ސީއެންއެން

ޖެކްގެ އުމުރުން 50 އަހަރުވުމުން އޭނާގެ ވިޔަފާރި ވިއްކާލުމަށް ފަހު، ލައިސަންސްޑް ޕައިލެޓަކަށްވުމުން ދެމީހުން ފޭށި ދަތުރުކުރާށެވެ. މިގޮތުން ދުނިޔޭގެ އެކި ހިސާބުތަކަށް ދެމީހުން ދަތުރުކޮށްފައިވާއިރު، ނާސިން ހޯމްގައި ފުރަތަމަ އެޑްމިޓްކުރީ ހެރިއަޓް އެވެ. ފުރޮޅާލައިގެން ވެއްޓި ލިބުނު އަނިޔާއަކަށް އޭނާއަށް ފަރުވާދޭން ފެށިއިރު، ޖެކް އަށް ވެސް މާ ގިނަދުވަސްތަކެއް ނުވެ އިންޖަރީއެއްވެ ހަމަ އެ ނާސިން ހޯމުގައި ހަތަރު ކޮޓަރި ދުރުގައި އެޑްމިޓް ކުރި އެވެ.

އުމުރުގެ އެންމެ ފަހު ދުވަސްތަކުގައި ހެރިއެޓްއަށް ހަނދާންނެތޭ ބައްޔެއް ޖެހި، ބައެއްފަހަރު ޖެކް މަތީން ހަނދާން ނެތިފައި ހުންނަކަމަށް ވެސް އާއިލާއިން ބުނެފައިވެ އެވެ.

ދެމީހުންގެ ހާލު ކިރިޔާވެސް ރަނގަޅުނަމަ އެކުގައި ނާސްތާނަގައި ސައިބޮއެ ހަދާއިރު، ދެމީހުންގެ އެންމެ ފަހުގެ ވަގުތުތައް ހޭދަކޮށްފައިވަނީ އެކީގަ އެވެ.

މިފަދައިން ގިނަ ދުވަސްތަކެއްވާންދެން އެކުގައި އުޅޭ ދެމަފިރިްނގެ ތެރެއިން އެކަކު މަރުވުމުން އަނެކަކު ވެސް ދާދިއެކުއެކީގައި މަރުވުމަކީ ދިމާވާ ކަމެއްކަން ފާހަގަކޮށް ސައިންޓިސްޓުން މިހާރު ވަނީ މިކަމަށް ބްރޯކަން ހާރޓް ސިންޑްރޯމްގެ ނަންދީފަ އެވެ.

ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު