"ޖަވާނި ޖާނެމަން"ގެ އާ ޕޯސްޓަރެއް

ފިލްމުގެ އާ ޕޯސްޓަރު---

ބޮލީވުޑްގެ ކާމިޔާބު ބަތަލު ސައިފް އަލީ ހާން ފެނިގެންދާ ފިލްމު "ޖަވާނި ޖާނެމަން"ގެ އާ ޕޯސްޓަރެއް ދައްކާލައިފި އެވެ.

މި މަހު 31 ވަނަ ދުވަހު ރިލީޒްކުރާ އެ ފިލްމު ޕްރޮމޯޓްކުރުމަށް ފިލްމުގެ ޓީމުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ނިތިން ކައްކަރު ޑައިރެކްޓްކޮށް އުފައްދާފައިވާ މި ފިލްމުގެ އަންހެން ލީޑު ރޯލުން ފެނިގެންދާނީ ކުރީގެ ބަތަލާ ޕޫޖާ ބޭދީގެ އަންހެން ދަރިފުޅު އަލައިއާ ފަރުނީޗަރުވާލާ އެވެ. މި ފިލްމަކީ އަލައިއާ ބޮލީވުޑަށް ތައާރަފްވާ ފިލްމުވެސް މެއެވެ.

ސައިފް އަލީ ޚާންގެ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސްއިން ޕްރޮޑިއުސްކުރާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ. ފިލްމުގެ ޓްރެއިލާ ވެސް މިހާރު ވަނީ އާންމުކޮށްފައެވެ.

އެ ފިލްމުން ސައިފް ފެނިގެންދާއިރު، ޕޫޖާގެ ދަރިފުޅު ފެނިގެންދާނީ ސައިފްގެ ދަރީގެ ރޯލުންނެވެ.

އެ ފިލްމަކީ އަންހެން ކުއްޖަކާއި އުމުރުން ދުވަސްވީކަމަށް ގަބޫލުނުކުރާ ހިތްވާ ޒުވާން ބައްޕައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

comment ކޮމެންޓް