އަކްޝޭގެ "ގުޑް ނިއުސް" އަށް 300 ކުރޯޑު

ގުޑް ނިއުސްގެ ޕޯސްޓަރެއް---

ފިލްމު އެޅުވިތާ 18 ދުވަސްތެރޭ އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ފިލްމު "ގުޑް ނިއުސް" އަށް 300 ކުރޯޑުގެ އާމްދަނީއެއް ލިބިއްޖެ އެވެ.

ކަރީނާ ކަޕޫރު އަންހެން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމު ވޯލްޑް ވައިޑްކޮށް 300 ކުރޯޑުގެ އާމްދަނީއެއް ހޯދި އިރު ޕްރޮޑިއުސަރު ކަރަން ޖޯހަރު ވަނީ އެކަން ފާހަގަވެސް ކޮށްފައެވެ.

ބޮޑު ތަރުހީބެއް ލިބެމުން އަންނަ މި ފިލްމު މިހާރުވެސް އަންނަނީ އެކި ސިނަމާތަކުގައި ދައްކަމުންނެވެ.

ރާޖް މެހެތާ ޑައިރެކްޓްކޮށް އުފައްދާފައިވާ ގުޑް ނިއުސްގެ ވާހަކަ ބިނާކޮށްފައި އައިވީއެފް ހެދުމުގެ ތެރޭގައި ހޮސްޕިޓަލަށް ވެވޭ އިހުމާލެއްގެ ސަބަބުން ހަތަރު މީހުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތުގެ މައްޗަށެވެ.

އަކްޝޭ އާއި ކަރީނާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ދިލީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ފެނިގެންދާނެއެވެ. ކްރިޓީކް ތަރަން އާދަޝް ވެސް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފަ އެވެ.

comment ކޮމެންޓް