ތަޚްތުގެ މަސައްކަތް ކަރަން ފަށައިފި

ކަރަންގެ ތަޚްތުގެ މަސައްކަތް ވަނީ ފަށާފައި---

ވަރުގަދަ ކާސްޓަކާ އެކު ކާމިޔާބު ޑައިރެކްޓަރު އަދި ޕްރޮޑިއުސަރު ކަރަން ޖޯހަރުގެ ކެރިއަރުގެ އެންމެ ބޮޑު ފިލްމު، އަދި އޭނާގެ ފުރަތަމަ އެޕިކް "ތަޚްތު"ގެ މަސައްކަތް ފަށައިފި އެވެ.

ފިލްމުގެ މަސައްކަތް ފެށި އިރު ކަރަން ވަނީ މިހާރު އަންނަނީ ފިލްމު ޝޫޓްކުރާނީ ކޮންކޮން ތަންތަނެއްގައި ކަން ފައިނަލް ކުރަމުންނެވެ. ރާޖަސްތާނުގައި މިހާރު ކަރަން ހުރިއިރު ރާޖަސްތާނަށް ފަހު ޔޫރޮޕަށް އެ ޓީމު ފުރާނެ އެވެ.

ފިލްމު އަޅުވާ ތާރީހު ރަސްމީކޮށް އިއުލާންނުކުރި ނަމަވެސް މި ފިލްމު އަންނަ އަހަރުގެ މެދުތެރޭ އަޅުވާނެ ކަމަށް ހަބަރުތައް ބުނެ އެވެ.

މުގަލް ޒަމާނުގެ ހާދިސާތަކެއްގެ މައްޗަށް އުފައްދާ އެ ފިލްމުގެ ލީޑު ކާސްޓުގެ ތެރޭގައި ހިމެނެނީ ރަންވީރު ސިންގ، ކަރީނާ ކަޕޫރު ޚާން، އާލިއާ ބަޓް، ވިކީ ކޯޝަލް، ބޫމީ ޕެދްނޭކަރު، އަނިލް ކަޕޫރު އަދި ޖާންވީ ކަޕޫރެވެ.

ފިލްމާ ގުޅޭ ގޮތުން ވާހަކަ ދައްކަމުން ކަރަން ބުނީ އެއީ ދެބެންގެ ދެމެދުގައި ހިނގާ ހަނގުރާމައެއްގެ މައްޗަށް ބިނާކޮށްފައިވާ ފިލްމެއް ކަމަށެވެ.

ކަރަން މަޝްހޫރުކަން ހޯދީ ވެސް ފެމިލީ ޑްރާމާތަކުންނެވެ. ކަރަންގެ އެންމެ ކާމިޔާބު ފިލްމުތަކުގެ ތެރޭގައި ހިމެނެނީ "ކަބީ ޚުޝީ ކަބީ ޣަމް"، "ކުޗް ކުޗް ހޯތާ ހޭ"، "ކަބީ އަލްވިދާ ނާ ކެހެނާ"، "މައި ނޭމް އިޒް ޚާން" އަދި "އޭ ދިލް ހޭ މުޝްކިލް" ފަދަ ފިލްމުތަކެވެ.

comment ކޮމެންޓް