ކެނދިކުޅުދޫގައި އަމިއްލަ ފަރާތަކުން އެޅި މިސްކިތް ރައީސް ހުޅުވައިދެއްވައިފި

މަސްޖިދުއް ރަހުމަތުގެ ނަމުގައި ނ. ކެނދިކުޅުދޫގައި އަމިއްލަ ފަރާތަކުން ތަރައްގީކުރި މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައި ދެއްވުން -- ފޮޓޯ: ރައީސް އޮފީސް

މަސްޖިދުއް ރަހުމަތުގެ ނަމުގައި ނ. ކެނދިކުޅުދޫގައި އަމިއްލަ ފަރާތަކުން ތަރައްގީކުރި މިސްކިތް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ހުޅުވައި ދެއްވައިފި އެވެ.

މި މިސްކިތުގެ ބިންގާ އަޅާފައި ވަނީ މިދިޔަ އަހަރުގެ މާޗު މަހު ރައީސް ސޯލިހު ކެނދިކުޅުދޫ އަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

މިއީ މި ސަރުކާރުގައި ބިންގާ އަޅައި، ތަރައްގީކޮށް ހުޅުވި ފުރަތަމަ މިސްކިތެވެ.

އަންހެނުންނަށް ވެސް ނަމާދުކުރެވޭ ގޮތަށް ތަރައްގީކުރި މި މިސްކިތަކީ 550 މީހުންގެ ޖާގައިގެ މިސްކިތެކެވެ. މިއީ ކެނދިކުޅުދޫގައި ގާއިމްކުރި ފަސް ވަނަ މިސްކިތެވެ.

ހެޔޮއެދޭ ފަރާތެއްގެ އެހީގައި ޒަމާނީ ފެންވަރަށް ބިނާކުރި މި މިސްކިތުގެ މަސައްކަތް ނިންމާފައި ވަނީ 295 ދުވަހުގެ ތެރޭގަ އެވެ.

comment ކޮމެންޓް