ދިރާސީ އާ އަހަރު ފެށޭނީ 73،067 ދަރިވަރުންނާ އެކު

13 ޖެނުއަރީ 2019: ދިރާސީ އާ އަހަރަށް ފަހު ސްކޫލްތައް ހުޅުވުން -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މި އަހަރުގެ ދިރާސީ އާ އަހަރު ފެށޭނީ 73،067 ދަރިވަރުންނާއެކުކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ދީރާސީ އާ އަހަރު ފެށޭނީ އަންނަ އާދިއްތަ ދުވަހު އެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި އަހަރު ސަރުކާރުގެ 212 ސްކޫލެއްގައި ކިޔަވައިދޭނެ ކަމަށާއި އޭގެތެރެއިން 150 ސްކޫލްގައި އެއް ދަންފަޅިއަށް ކިޔަވައިދޭނެކަމަށެވެ.

މި އަހަރު 170 ޕްރީސްކޫލެއްގައި ކިޔަވައިދިނުމަށްވެސް ވަނީ ހަމަޖެހިފަ އެވެ.

މިނިސްޓްރީން އިތުރަށް ބުނީ އަންނަ އަހަރު 150 ސްކޫލެއްގައި އޯ ލެވެލް ހަދާނެ ކަަމަށާއި އަދި އޭ ލެވެލް އިމްތިހާން 50 ސްކޫލްއެއްގައި ހަދާނެ ކަަމަށެވެ.

މި އަހަރު މާލޭގައި އަލަށް އިއްޒުއްދީންގެ ނަމުގައި އާ ސްކޫލެއްވެސް ހުޅުވާނެ އެެވެ. ގްރޭޑް 6-1 އަށް ކިޔައިވާދޭ އެ ސްކޫލުން 350 ކުދިންނަށް ޖާގަ ދިނުމަށް ވަނީ ނިންމައިފަ އެވެ.

ކުރިން ސްކޫލްތަކުގެ ދަރިވަރުން އަހަރީ ޗުއްޓީ ދެމުން އައި އުސޫލަށް އެޑިއުކޭޝަން މިނިސްޓްރީން ދާދި ފަހުން ވަނީ ބަދަލުވެސް ގެނެސްފަ އެެވެ. އެގޮތޮން މިއަހަރުން ފެށިގެންއަހަރީ ޗުއްޓީ ދޭނީ ދެ ބައަކަށް ބަހާލައިގެންނެވެ. އެގޮތުން މިއަހު ސްކޫލް ޗުއްޓީގެ ފުރަތަމަ ބައި ދޭނީ، 31 މެއި 2020 އިން 11 ޖޫން 2020 އަށެވެ. އަދި ދެވަނަ ބައި ދޭނީ، 6 ޑިސެމްބަރު 2020 އިން 7 ޖަނަވަރީ 2021 އަށެވެ.

މިދިޔަ އަހަރު އެޑިއުކޭޝަން މިނިސްޓްރީން ރާއްޖޭގެ ހުރިހާ ސްކޫލްތަކެއްގައި ފެށި ނާސްތާ ދިނުމުގެ ޕްރޮގްރާމް މި އަހަރުވެސް ކުރިއަށް ގެންދާނެކަމަށް މިނިސްޓްރީން ބުންޏެވެ.

comment ކޮމެންޓް