ސުލައިމާނީގެ މަރާ އެކު ތެލުގެ އަގު އުފުލިއްޖެ

ގާސިމް ސުލައިމާނީގެ ފޮޓޯއެއް ހިފއިގެން މީހަކު ރޮނީ---

އެމެރިކާއިން އިއްޔެ ދިން ޑްރޯމް ހަމަލާއެއްގައި އަވަހާރަވި އިީރާންގެ ގުދުސް ފޯސްގެ ކޮމާންޑަރު ގާސިމް ސުލައިމާނީގެ މަރާއެކު ތެލުގެ އަގު އުފުލިއްޖެ އެވެ.

ދަތިކުރުމުގެ ފިޔަވަޅުތަކާއެކު ވެސް މިހާރު ވެސް ދުނިޔޭގައި 10 ވަނަ އަަށް އެންމެ ގިނައިން ތެޔޮ އުފައްދަނީ އީރާންގަ އެވެ. އެގޮތުން އެގައުމުން މިހާރު ވެސް ދުވާލަކު 2.4 މިލިއަން ފީފާގެ ތެޔޮ އުފައްދަ އެވެ.

އިއްޔެގެ ހަމަލާއާއެކު ބްރެންޓް ކްރޫޑްގެ އަގު ތިން ޕަސެންޓް ވަނީ އިތުރުވެފަ އެވެ. އެގޮތުން ފީފާއެއްގެ އަގު 69.5 އެމެރިކާ ޑޮލަރަށް އެރިއިރު މިއީ މިިދިޔަ ސެޕްޓެމްބަރުގެ ފަހުން އަގު އެހާމަތިވި ފުރަތަމަ ފަހަރެވެ. އަދި އިނގިރޭސިވިލާތުގެ ބްރިޓިޝް ޕެޓްރޯލިއަމް ކުންފުންޏާއި ރޯޔަލް ޑަޗް ޝެލެް ކުންފުނީގެ ހިއްސާގެ އަގު ވަނީ މައްޗަށް އަރައިފަ އެވެ. އެހެން ނަމަވެސް އެެމެރިކާގެ ތެޔޮ ކުންފުނު އެގްޒޯން މޮބައިލްގެ ހިއްސާގެ އަގު ވަނީ ދަށަށް ގޮސްފަ އެވެ.

ބްރިޓިޝް ޕެޓްރޯލިއަމް ކުންފުންނީގެ ހިއްސގެ އަގު 2.7 ޕަސެންޓް އިތުރުވި އިރު ރޯޔަލް ޑަޗް ޝެލެް ކުންފުނީގެ ހިއްސާގެ އަގު 1.9 ޕަސެންްޓް މައްޗަށް އެރި އެވެ.

ތެލާ ބެހޭ ތަޖުރިބާކާރުން ބުނާ ގޮތުގައި މެދުއިރުމަތީގެ ހަމަނުޖެހުން އިތުރުވާ ވަރަކަށް ތެލުގެ އަގު އުފުލޭނެ އެވެ.

ގާސިމް އަވާހާރަކޮށްލައިފައި ވަނީ އިއްޔެ އިރާގުގެ ބަހުދާދުގެ މައި އެއާޕޯޓުން ކާރެއްގައި ނުކުންނަވަނިކޮށް ދިން ވައިގެ ހަމަލާއެއްގަ އެވެ. އެހަމަލާގައި އީރާނުގެ މަދަދު ލިބޭ އިރާގުގެ ހަނގުރާމަވެރި ގްރޫޕް އަޝްް އަލް ޝާބީގެ ކޮމާންޑަރު އަބޫ މަހުދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަވެފަ އެވެ.

ބީބީސީ

comment ކޮމެންޓް