ކަރީނާގެ "ގުޑް ނިއުސް"އަށް 200 ކުރޯޑުގެ އާމްދަނީ އެއް ލިބިއްޖެ

ގުޑް ނިއުސްގެ ޕޯސްޓަރެއް--

މިހާރު ސިނަމާތަކުގައި އަޅުވާފައިވާ ކަރީނާ ކަޕޫރާ އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ ގުޑް ނިއުސް ގެ އާމްދަނީ 200 ކުރޯޑާ ހަމަވެއްޖެއެވެ.

ވޯލްޑް ވައިޑްކޮށް އެ ފިލްމަށް 200 ކުރޯޑުގެ އާމްދަނީއެއް ލިބުނު އިރު މި ފިލްމަށް ގިނަ ބަޔަކު އަންނަނީ ބޮޑު ތަރުހީބެއް ދެމުންނެވެ. ކްރިޓީކް ތަރަން އާދަޝް ކުރި ޓްވީޓެއްގައި ބުނީ މި ފިލްމަކީ ތަފާތު ފިލްމެއް ކަމަށެވެ. އޭނާ ވެސް ވަނީ މި ފިލްމަށް ވަރަށް ބޮޑަށް ތައުރީފްކޮށްފައެވެ.

ރާޖް މެހެތާ ޑައިރެކްޓްކޮށް އުފައްދާފައިވާ ގުޑް ނިއުސްގެ ވާހަކަ ބިނާކޮށްފައި އައިވީއެފް ހެދުމުގެ ތެރޭގައި ހޮސްޕިޓަލަށް ވެވޭ އިހުމާލެއްގެ ސަބަބުން ހަތަރު މީހުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތުގެ މައްޗަށެވެ.

އަކްޝޭ އާއި ކަރީނާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ދިލީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ފެނިގެންދާނެއެވެ.

comment ކޮމެންޓް