"ގުޑް ނިއުސް" ލީކުކޮށްލައިފި

މިދިޔަ ހުކުރު ދުވަހު ރިލީޒްކުރި ފިލްމު "ގުޑް ނިއުސް" ލީކުކޮށްލައިފިއެވެ.

ކަރީނާ ކަޕޫރު އަދި އަކްޝޭ ކުމާރު ލީޑު ރޯލުން ފެނިގެންދާ އެ ފިލްމަށް ބެލުންތެރިންގެ ބޮޑު ތަރުހީބެއް ލިބެމުން އަންނައިރު އެ ފިލްމު ލީކުކޮށްލީ ތަމިލްރޮކާޒްއިންނެވެ.

ތަމިލްރޮކާޒް އަކީ ފަހަކަށް އައިސް ބޮލީވުޑްގައި ނުކުންނަ ހުރިހާ ފިލްމުތަކެއް ލީކުކުރަމުން އަންނަ ބައެކެވެ. އެ ވެބްސައިޓުން ފިލްމުތައް ލީކުކުރަމުން އައި ނަމަވެސް އެކަށީގެންވާ ފިޔަވަޅެއް އަޅައިފައެއް ނުވެއެވެ.

ރާޖް މެހެތާ ޑައިރެކްޓްކޮށް އުފައްދާފައިވާ ގުޑް ނިއުސްގެ ވާހަކަ ބިނާކޮށްފައި އައިވީއެފް ހެދުމުގެ ތެރޭގައި ހޮސްޕިޓަލަށް ވެވޭ އިހުމާލެއްގެ ސަބަބުން ހަތަރު މީހުންގެ ދިރިއުޅުން ބަދަލުވެގެންދާ ގޮތުގެ މައްޗަށެވެ.

އަކްޝޭ އާއި ކަރީނާގެ އިތުރުން ފިލްމުގެ މުހިންމު ރޯލުތަކުން ދިލީތު ދޯސާންޖް އަދި ކިއާރާ އަދްވާނީ ފެނިގެންދާނެއެވެ.

comment ކޮމެންޓް