"ޖަވާނި ޖާނެމަން" ގައި ސައިފްގެ "އޮލޭ އޮލޭ"ގެ އާ ވާޝަނެއް

އަންނަ މަހުގެ 31 ވަނަ ދުވަހު ރިލީޒްކުރާ ސައިފް ހާންގެ ޖަވާނެ ޖާނެމަންގައި ސައިފްގެ އޮލޭ އޮލޭގެ އާ ވާޝަނެއް ހިމަނަން ނިންމައިފިއެވެ.

އެ ލަވައަކީ ސައިފް ކުޅުނު ލަވަތަކުގެ ތެރެއިން ބެލުންތެރިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދި ލަވައެކެވެ. 1994 ވަނަ އަހަރު ނުކުތް ފިލްމު "ޔޭ ދިލް ލަގީ" ގެ ލަވަ "އޮލޭ އޮލޭ"ގެ އާ ވާޝަނެއް އަންނަ މަހު ރިލީޒްކުރާ ފިލްމުގައި ދައްކާއިރު އެ ފިލްމުގެ ޓީޒާ ވަނީ އެ ލަވައާއެކު ރިލީޒްކޮށްފައެވެ.

ސައިފް އަލީ ޚާންގެ ފިލްމު ކުންފުނި ބްލެކް ނައިޓް ފިލްމްސް އިން ޕްރޮޑިއުސްކުރާ އެ ފިލްމަކީ ރޮމޭންޓިކް ކޮމެޑީއެކެވެ.

އެ ފިލްމުން ސައިފް ފެނިގެންދާއިރު ޕޫޖާގެ ދަރިފުޅު ފިލްމުން ފެނިގެންދާނީ ސައިފްގެ ދަރީގެ ރޯލުންނެވެ.

އެ ފިލްމަކީ އަންހެން ކުއްޖަކާއި ދުވަސްވީ ކަމަށް ގަބޫލުނުކުރާ ހިތް ޒުވާން ބައްޕައެއްގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ.

comment ކޮމެންޓް