ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނީ ކޮލެޖެއްގެ ގޮތުގައި ހިންގާތާ 10 އަހަރުވުމުންް

ސިނަމާލެ ބުރިޖުގައި ބޭއްވި ޔުނިވާސީޓީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ސަން ފޮޓޯ: ފަޔާޒު މޫސާ

ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ އެމަރުކަޒެއް ކޮލެޖެއްގެ ގޮތުގައި ހިންގާތާ 10 އަހަރު ވުމުންކަމަށް ކަނޑައަޅަން މަތީ ތައުލީމުގެ ބިލުގައި ހިމަނައިފިއެވެ.

ސަރުކާރުގެ ފަރާތުން ތައުލީމުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒެވެ. އެ ބިލުގެ ފުރަތަމަ ކިޔުން އިއްވީ އިއްޔެ ބޭއްވި 19 ވަނަ މަޖިލީހުގެ ދެވަނަ ދައުރުގެ ފަހު ޖަލްސާގައެވެ.

އެ ބިލުގައިވާގޮތުން ރާއްޖޭގައި އަމިއްލަ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީކުރެވޭނީ ކޮލެޖެއްގެ ގޮތުގައި މެދުނުކެނޑި 10 އަހަރު ހިންގާފައި ވާނަމައެވެ.

މިހާރު ރާއްޖޭގެ ޔުނިވާސިޓީއެއްގެ ގޮތުގައި ހިންގަމުންދަނީ އިސްލާމިކް ޔުނިވާސިޓީއާއި ގައުމީ ޔުނިވާސިޓީއެވެ. އޭގެ ތެރެއިން ގައުމީ ޔުނިވާސިޓީ ކުރިން " =މޯލްޑިވްސް ކޮލެޖް އޮފް ހަޔާ އެޑިއުކޭޝަން"ގެ ނަމުގައި ކޮލެޖެއްގެ ގޮތުގައި ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހިންގިއެވެ.

ޔުނިވާސިޓީއެއްގެ ރަޖިސްޓްރީއެއްގެ ގޮތުގައި ރަޖިސްޓްރީ ކުރެވޭނެގޮތް ބިލުގައި ހިމެނިއިރު ރާއްޖޭގައި ހިންގަމުންދާ ބައެއް ކޮލެޖުތަކަަށް މިހާރު 10 އަހަރު ވަނީ ފުރިފައެވެ. އަދި އޭގެ ތެރެއިން ބައެއް ކޮލެޖުތައް ޔުނިވާސިޓީއަކަށް ބަދަލުކުރުމުގެ ޝައުުގުވެރިކަން ފާޅުކޮށްފައިވެއެވެ.

ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީ ކޮށްދިނުމުގެ ޝަރުތުތަކުގެ ތެރޭގައި ޑިޕްލޮމާއިން ފެށިގެން މާސްޓާސް ލެވަލްއަށް ކިޔަވައިދިނުންވެސް ލާޒިމުކޮށްފައިވެއެވެ.

ބިލުގައި އިތުރަށް ބުނީ ޔުނިވާސިޓީ އުފެއްދުމަށްޓަކައި ހުށަހަޅައިފިނަމަ ޝަރުތުތައް ފުރިހަމަވޭތޯ ބަލައި އެކްރެޑިޓޭޝަން ރިޕޯޓް ތައްޔާރުކޮށް ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ފަންނީ ކޮމެޓީއެއް އެކުލަވާލަން ޖެހޭނެ ކަމަށެވެ. އަދި އެ ރިޕޯޓު މިނިސްޓްރީން ދިރާސާކުރުމަށް ފަހު ހުރިހާ ޝަތުރުތަކެއް ފުރިހަމަވާނަމަ ތިން މަސްދުވަސް ތެރޭ ޔުނިވާސިޓީ ޗާޓަރު ދީ ޔުނިވާސިޓީއެއްގެ ގޮތުގައި ރަޖިސްޓްރީވިކަމުގެ ލިޔުން ދޫކުރަން ޖެހޭނެ ކަމަށެވެ.

comment ކޮމެންޓް