ޖޫސް ވޯލްޑް ކުއްލިގޮތަކަށް މަރުވެއްޖެ

ޖޫސް ވޯލްޑް އަކީ އޭނާ ނެރުނު "ލޫސިޑް ޑްރީމް"އާއެކު އެތައް ޒުވާނުންނަކަށް ކަމުދިޔަ ފަންނާނެއް --- ފޮޓޯ : އިންސައިޑާ

މަޝްހޫރު ރެޕް ލަވަކިޔުންތެރިޔާ ކަމަށްވާ، ޖޭރެޑް އެންތަނީ ހިގިންސް ނުވަތަ މަޝްހޫރު ނަމުން ނަމަ، ޖޫސް ވޯލްޑް ކުއްލިގޮތަކަށް ރޭގައި މަރުވެއްޖެ އެވެ.

ބޭރުގެ މުނިފޫހިފިލުވުމާ ގުޅޭ ނޫހެއް ކަމަށްވާ ޓީއެމްޒީ އިން ބުނެފައިވަނީ ޖޫސް ވޯލްޑް މަރުވެފައިވަނީ ޝިކާގޯގެ މިޑްވޭ އެއާޕޯޓުތެރޭގައި ފިޓު ޖެހުމަށްފަހުގައި ކަމަށެވެ.

އުމުރުން 21 އަހަރުގެ ޖޫސް ވޯލްޑް އަށް ފަރުވާ ދިނުމަށް ވަގުތުން އެ ސަރަހައްދުގެ ކައިރި ހޮސްޕިޓަލަކަށް ގެންގޮސްފައިވާ ކަމަށް ޓީއެމްޒީއިން ރިޕޯޓުކުރެއެވެ.

ޓީއެމްޒީއިން ބުނެފައިވަނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރު އަނގައިން ވަރަށް ގަދައަށް ލޭ އަންނަމުން ދިޔަ ކަމަށެވެ. އަދި އޭނާ މަރުވެފައިވަނީ ހޮސްޕިޓަލުގައި އޭނާއަށް ފަރުވާ ދެމުން ދަނިކޮށް ކަމަށްވެސް ޓީއެމްޒީއިން ބުންޏެވެ.

"ލެޖެންޑްސް" ފަދަ މަޝްހޫރު ލަވަ ކިޔާފައިވާ ޖޫސް ވޯލްޑް މަރުވެފައިވަނީ އޭނާގެ 21 ވަނަ އުފަންދުވަސްގެ ހަފްތާއެއް ފަހުންނެވެ. އޭނާ މީގެކުރީން ބުނިގޮތުގައި އޭނާއަކީ "ޕެރަނޯޔާ" ހުންނަ ޒުވާނެކެވެ. އަދި 21 އަހަރުގެ ކުރީން އޭނާ މަރުވާނެ ކަމަށް ޖޫސް ވޯލްޑް މީގެކުރީން އެތައް ފަހަރެއްގެ މަތީން ވަނީ ބުނެފައެވެ.

comment ކޮމެންޓް