އެމާ ސްޓޯން އެންގޭޖްވެއްޖެ

އޮސްކާ އެވޯޑު ހޯދާފައިވާ ބަތަލާ އެމާ ސްޓޯން 31، އެންގޭޖްވެއްޖެ އެވެ.

އެމާ އެންގޭޖްވެފައިވަނީ އޭނާގެ ލޯބިވެރިޔާ ޑޭވް މެކޭރީ 34، އާއެވެ. އެދެމީހުން އެންގޭޖްވެފައިވަނީ ލޯބީގެ ގޮތުން ދެ އަހަރު ދުވަސް އުޅުމަށްފަހު އެވެ.

ޑޭވް އާ އެމާ އެންމެ ފުރަތަމަ ދިމާވީ 2016 ވަނަ އަހަރުއެވެ. އެދެމީހުން އެއްކޮށް އެންމެ ފުރަތަމަ ފެނުނީ 2017 ވަނަ އަހަރު ނިއު ޔޯކްގައެވެ. އެމާ އެންގޭޖްކުރިކަން އޭނާގެ އިންސްޓަގްރާމްގައި ހާމަކޮށްފައިވާއިރު ފޮޓޯތައް ވެސް ވަނީ އޭނާގެ އިންސްޓާގައި ހިއްސާކޮށްފައެވެ.

ހަބަރުތައް ބުނާގޮތުގައޮ ދެތަރިން އަންނަ އަހަރު ކައިވެނިކުރާނެއެވެ.

އެމާ ބުނީ އޭނާ ބޮޑުވަމުން އައި އިރު ކައިވެންޏެއް ކޮށް ގިނަ ދަރިން ހޯދަން ބޭނުންވި ކަމަށެވެ.

އެމާ އެންމެ ފަހުން ފެނިގެންދިޔައީ ކޮމެޑީ "ޒޮމްބީލޭންޑް: ޑަބަލް ޓެޕް" އިންނެވެ.

comment ކޮމެންޓް