މަނިކަރްނިކާ ޖަޕާނަށް

ކަންގަނާ ރަނައުތު ލީޑު ރޯލުން ފެނިގެންދާ ފިލްމު ‘މަނީކަރްނިކާ" ދަ ކުއީން އޮފް ޖާންސީ' ޖަޕާނުގެ ސިނަމާތަކުގައި އަޅުވަން ނިންމައިފިއެވެ.

އަންނަ މަހު ތިނެއްގައި ޖަޕާނުގައި ރިލީޒްކުރާ އެ ފިލްމުގެ ޕޯސްޓަރުތައް މިހާރު ވަނީ ޖަޕާނު ބަހުން ތައްޔާރުކޮށް ޕްރޮމޯޓްކުރަން ފަށާފައެވެ.

ފިލްމުގެ ޑައިރެކްޝަނުގައި ވެސް ހަރަކާތްތެެރިވި ކަންގަނާގެ އެ ފިލްމަށް ވަނީ ބޮޑު ތަރުހީބެއް ލިބިފައެވެ. ޖެނުއަރީ 25 ވަނަ ދުވަހު ރިލީޒް ކުރި އެ ފިލްމަށް ވަނީ 152 ކްރޯޑް ރުޕީސް އާމްދަނީ އެއް ލިބިފައެވެ.

ފިލްމުގައި ކަންގަނާގެ އިތުރުން ދެން ފެނިގެން ދާނީ ޑެނީ ޑެންޒޮންގްޕާ، ސުރޭޝް އޮބެރޯއީ އަދި އަންކިތާ ލޮކާންޑޭ އެވެ.

comment ކޮމެންޓް