ސާޖިދު ނަދިޔާދުވާލާ ފިލްމު ކިކް 2 ރިލީޒްކުރާނީ 2021ގައި ކަމަށް ޚަބަރުތައް ބުނެފި އެވެ.
ސަލްމާން ޚާން ލީޑު ރޯލުން ފެނިގެންދާ އެ ފިލްމުގެ ފުރަތަމަ ބައެއް ގެނެސްދިނީ 2014 ވަނަ އަހަރު އެވެ. އެ ފިލްމަށް ވަނީ ބޮޑު ކާމިޔާބީއެއް ލިބިފަ އެވެ. ފުރަތަމަ ފިލްމުގައި ޖެކަލީން ފާނަންޑޭޒް ފެނުނު ނަމަވެސް މި ފަހަރުގެ ސީކުއަލްގައި ފެނިގެންދާނީ އެމީ ޖެކްސަން ކަމަށް ކުރިން ހަބަރުތައް ބުންޏެވެ.
ފިލްމު ރިލީޒްކުރާނީ މެއި 22ގައި ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. ފިލްމު ފަސްކުރީ އަންނަ އަހަރު ފިތުރު އީދު ދުވަހު ސަލްމާންގެ "ރާދޭ: އިންޑިއާސް މޯސްޓް ވޯންޓެޑް ބާއީ" ގެނެސްދޭތީ އެވެ.
ބައެއް ހަބަރުތައް ބުނާ ގޮތުގައި މިފަހަރުގެ ސީކުއަލް އިން ސަލްމާން އާ އެއްކޮށް ފެނިގެންދާނީ ކުރިއަރަމުން އަންނަ ބަތަލާ ކްރިތީ ސެނަން އެވެ. އޭނާ އެންމެ ފަހުން ފެނިގެންދިޔައީ ހައުސްފުލް 3 އިންނެވެ.