ސައުތު އޭޝިއަން ގޭމްސް: ޓީޓީގެ މިކްސް ޑަބަލްސް އަދި އަންހެން ޑަބަލްސްގެ ކުއާޓާއަށް ރާއްޖެ ދަތުރުކޮށްފި

ރާއްޖޭގެ ދީމާ މިހާރު ކުރިއަށްދާ ސައުތް އޭޝިއަން ގޭމްސްގެ ޓީޓީ އިވެންޓުގައި ވާދަކުރަނީ --- ފޮޓޯ// އެމްއޯސީ

ނޭޕާލުގައި މިހާރު ކުރިޔަށްދާ 13 ވަނަ ސައުތް އޭޝިއަން ގޭމްސްގެ ޓޭބަލް ޓެނިސް މިކްސް ޑަބަލްސް އިވެންޓުން ރާއްޖޭގެ އައިޝަތު ރަފާ ނާޒިމް އަދި މުހައްމަދު ޒީސްތު ނަސީމްގެ ޕެއާ ކުއާޓާ އަށް ދަތުރު ކުރި އިރު އަންހެން ޑަބަލްސް އިވެންޓުން ފާތިމަތު ދީމާ އަލީ އަދި އައިޝަތު ރަފާ ނާޒިމްގެ ޕެއާ ވެސް ކުއާޓާއަށް ދަތުރު ކޮށްފި އެވެ.

ނޭޕާލްގެ ލައިންޗޯރ ޓީޓީ ހޯލުގައި ކުޅުނު މެޗުން ރަފާ އަދި ދީމާގެ ޕެއާ ކުއާޓާ އަށް ދަތުރުކުރީ ހަތަރު ސެޓު ތިން ސެޓުން ލަންކާގެ އެރެންދީ އަދި ޗިޓީގެ ޕެއާ ބަލި ކުރުމަށް ފަހުގައެވެ.

މެޗުގެ ފުރަތަމަ ސެޓު ފަސޭހަ ކަމާއި އެކު ރަފާ އަދި ދީމާގެ ޕެއާއިން ވަނީ ކާމިޔާބު ކޮށްފައެވެ. މި ސެޓު ރަފާ އަދި ދީމާގެ ޕެއާއިން ކާމިޔާބުކުރީ، 11-8 އިންނެވެ. ނަމަވެސް މެޗުގެ ދެވަނަ ސެޓު ލަންކާގެ ޕެއާ ކަމުގައިވާ އެރެންދީ އަދި ޗިޓީގެ ޕެއާއިން ވަނީ ކާމިޔާބު ކޮށްފައެވެ. މި ސެޓު ލަންކާގެ ޕެއާއިން ކާމިޔާބުކުރީ، 8-11 އިންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މެޗުގެ ތިންވަނަ ސެޓު ރަފާ އަދި ދީމާގެ ޕެއާއިން ވަނީ މޮޅަށް ކުޅެ ކާމިޔާބު ކޮށްފައެވެ. މި ސެޓު ރަފާ އަދި ދީމާގެ ޕެއާއިން ކާމިޔާބުކުރީ، 11-9 އިންނެވެ. ޖެހިގެން އައި ސެޓު ލަންކާގެ އެރެންދީ އަދި ޗިޓީގެ ޕެއާއިން ވަނީ ފަސޭހަ ކަމާ އެކު ކާމިޔާބުކުރީ، 7-11 އިންނެވެ.

މެޗުގެ ފަސްވަނަ ސެޓު ރަފާ އަދި ދީމާގެ ޕެއާއިން ވަނީ ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފައެވެ. މި ސެޓު ރާއްޖޭގެ ޕެއާއިން ކާމިޔާބުކުރީ 11-5 އިންނެވެ. ހަވަނަ ސެޓު ލަންކާގެ ޕެއާއިން ކާމިޔާބުކުރީ 11-13 އިންނެވެ.

މެޗުގެ އެންމެ ފަހހު ސެޓުގައި ރަފާ އަދި ދީމާގެ ޕެއާގެ ފަރާތުން ތަފާތު މޮޅު ކުޅުމެއް ފެނިގެންދިޔައިރު، މި ސެޓު ރަފާ އަދި ދީމާގެ ޕެއާއިން ކާމިޔާބުކޮށްފައިވަނީ 11-6 އިންނެވެ.

މިއަދު އޮތް މިކްސް ޑަބަލްސް އިވެންޓުން ރަފާ އަދި ޒީސްތުގެ ޕެއާ ކުއާޓާ ފައިނަލަށް ދަތުރުކުރީ ނޭޕާލްގެ ޝިވީޝަދަރު އަދި ޝިކާގެ ޕެއާ ހަތަރު ސެޓު ދެ ސެޓުން ބަލިކޮށްގެނެވެ.

އެ މެޗުގެ ފުރަތަމަ ސެޓު ވާދަވެރި ކުޅުމަކަށްފަހު ނޭޕާލްގެ ސިވީޝަދަރު އަދި ޝިކާގެ ޕެއާއިން ވަނީ ކާމިޔާބުކޮށްފައެވެ. މި ސެޓު ނޭޕާލްގެ ޕެއާއިން ކާމިޔާބުކުރީ 10-12 އިންނެވެ. ނަމަވެސް ޖެހިގެން އައި ދެ ސެޓުގައި ރަފާ އަދި ޒީސްތުގެ ޕެއާއިން މޮޅު ކުޅުމެއް ދެއްކިއިރު މި ދެ ސެޓު ރަފާ އަދި ޒީސްތުގެ ޕެއާއިން ކާމިޔާބުކުރީ 11-9 އަދި 11-04 އިންނެވެ.

މެޗުގެ ހަތަރުވަނަ ސެޓު ލަންކާގެ ޕެއާއިން ވަނީ ފަސޭހަ ކަމާއި އެކު ކާމިޔާބު ކޮށްފައެވެ. މި ސެޓު ލަންކާގެ ޕެއާ އިން ކާމިޔާބުކުރީ 7-11 އިންނެވެ. ނަމަވެސް މެޗުގެ ފަހު ދެ ސެޓު ރަފާ އަދި ޒީސްތުގެ ޕެއާއިން ވަނީ ފަސޭހަ ކަމާއި އެކު ކާމިޔާބުކޮށް ކުއާޓާ ފައިނަލަށް ދަތުރު ކޮށްފައެވެ. މި ދެ ސެޓު ރަފާ އަދި ޒީސްތުގެ ޕެއާ އިން ކާމިޔާބުކުރީ 11-9 އަދި 11-2 އިންނެވެ.

މި މުބާރާތުގެ ކުއާރޓާ ފައިނަލްގެ މެޗުތައް މިއަދު މެންދުރު ފަހު ކުޅުމަށް ވަނީ ހަމަޖެހިފަ އެވެ.

ރާއްޖޭގެ އަންހެން ޓީޓީ ޓީމު ވަނީ މިފަހަރުގެ މުބާރާތުގެ ޓީމް އިވެންޓުން ލޯ މެޑަލް ހޯދައިފަ އެވެ. ރާއްޖޭގެ އަންހެން ޓީޓީ ޓީމަށް ލޯ މެޑަލް ލިބެނީ މުބާރާތުގެ ގަވާއިދުގައިވާ ގޮތުގެ މަތިން ތިންވަނަ ހޮވާ މެޗު ކުޅެން ނުޖެހުމުން ސެމީގައި ބަލިވާ ޓީމަށް އޮޓަމެޓިކް ކޮށް މެޑަލް ދޭން ނިންމާފައި އޮތުމުންނެވެ.

comment ކޮމެންޓް