މަ ލޯތްބެއް ދެން ނުވާނަމޭ... -6

ހިމީގެ މަ ލޯތްބެއް ދެން ނުވާނަމޭ...

ދެމީހުން ވާހަކައިގެ ތިއްބާ ވެއިޓަރު އައިސް ކޮފީތަށި ބެހެއްޓިއެވެ. އިޔާން ކޮފީތަށި ޒަލަފްއަށް ދައްކާލާ ބޭނުންހެއްޔޭ އަހާލިއެވެ. އެއާއެކު ޒަލަފް ތުންކޮޅު ދަމާލިއެވެ.

"ހަމަ މާކަނައަކާ ވައްތަރީ.. ތަންކޮޅެއް ބޮޑުވެބަލަ" އިޔާން ކޮފީތަށި ތުމުގައި ޖެހިއެވެ.

އެއްލި ކަޅިއަކުން ޒަލަފްގެ ލޮލުގައި ޖެހިގެން އިން މޭޒުގައި އިން އަންހެން ކުއްޖާ އަޅައިގަތެވެ. އެ ކުއްޖާ ފެނި އޭނާގެ ކަޅި އެހެން ދިމާލަކަށް އަނބުރާލަން ޒަލަފްއަށް އުނދަގޫވިއެވެ.

"އޭތް... ބްރޯ... ދެއްކޭނެ ވާހަކަ ހުންނާނެ ދޯ... އެއްކަލަ... އެއްކަލަ... އިނގެއެއްނު... އެއްކަލަ ކުއްޖާ" އެއްބުމަ ހިއްލާލަމުން ޒަލަފް ބުނެލިއެވެ. އެއާއެކު އިޔާން ޒަލަފްއާ ދިމާލަށް އަތް މަޅާލިއެވެ.

ދެމީހުން ވާހަކައިގައި ތިއްބާ ވެއިޓަރު އައިސް ކޮފީތަށި ބެހެއްޓިއެވެ. އިޔާން ކޮފީތަށި ޒަލަފްއަށް ދައްކާލާ ބޭނުންހެއްޔޭ އަހާލިއެވެ. އެއާއެކު ޒަލަފް ތުންކޮޅު ދަމާލިއެވެ.

"ހަމަ މާކަނައަކާ ވައްތަރީ.. ތަންކޮޅެއް ބޮޑުވެބަލަ" އިޔާން ކޮފީތަށި ތުމުގައި ޖެހިއެވެ.

އެއްލި ކަޅިއަކުން ޒަލަފްގެ ލޮލުގައި ޖެހިގެން އިން މޭޒުގައި އިން އަންހެން ކުއްޖާ އަޅައިގަތެވެ. އެ ކުއްޖާ ފެނި އޭނާގެ ކަޅި އެހެން ދިމާލަކަށް އަނބުރާލަން ޒަލަފްއަށް އުނދަގޫވިއެވެ.

"އޭތް... އޭތް... ކޮން ކުއްޖަކަށް ތި ވަރަށް ތިބަލަނީ؟" އިޔާން ޒަލަފް ގެ މޫނުމަތީގައި އަތް ހޫރާލިއެވެ.

"އެ... އޭތް... ނު... ނުބަލަން... ކާކުތަ؟" ޒަލަފް ނުވާކަމަށް ހެދުނެވެ.

"އެ ކުއްޖާއަށް ދޯ ތި ބަލަނީ.. ސާބަސް..." އިޔާން އެއްމިޔަކަށް ހީލިއެވެ.

"އަހަރެން ދެން ދޮންބެހާ ކާމިޔާބެއް ނޫނޭ... އަންހެން ކުދިން ފަހަތުން ދުވާވަރަށް" ޒަލަފް ބުނެލިއެވެ.

ޒަލަފްގެ އުމުރުން މިވީހާތަނަށް އޭނާ ދުވަހަކުވެސް ކުއްޖަކާ ރައްޓެހިވެފައެއް ނުވެއެވެ. އޭނާގެ ސަމާލުކަން ބޮޑަށް ހުރީ ކިޔެވުމަށް ކަމަށްވުމާއެކު އެކަހަލަ ކަމަކާ ހިޔާލުކޮށްލާނެ ފުރުސަތެއްވެސް ނުލިބުނީއެވެ. ހަމައެއާއެކު އޭނާ ހިތްކިޔާ އަންހެން ކުއްޖަކާ ދިމާވެފައިވެސް ނެތީއެވެ. އިޔާން އެކޭ އެއްގޮތަށް ޒަލަފްއަށް ވެސް ފިރިހެންވަންތަ ސިފަތަކެއް ލިބިފައިވެއެވެ. ބަލާބެލުމަށް އިޔާންއަށްވުރެ ހަށިގަނޑު ބަލިކަށި ވައްތަރު ޖެހިޔަސް އޭނާއަށް ވެސް ލިބިފައިވަނީ ފިރިހެންވަންތަ ސިފަތަކެކެވެ. ޗޮކްލެޓް ކުލައިގެ ކަޅިއަކާއި ކަޅުކަން ގަދަ އިސްތަށިގަނޑެކެވެ.

އިޔާންއާއި ޒަލަފްގެ ގުޅުން އެހާމެވަރުގަދައެވެ. ދެމީހުން ދޭތެރޭގައި އެއްވެސް ސިއްރެއް ވަންހަނާވެފައި ނޯވެއެވެ. އިޔާންގެ ހަޔާތުގެ ހުރިހާ ކަމެއް ޒަލަފްއާއި ހިއްސާ ކުރާއިރު ޒަލަފްވެސް އޭނާގެ ހަޔާތުގެ ހުރިހާ ޞަފްހާއެއް އިޔާން އާ ހިއްސާ ކުރެއެވެ.

ކޮފީއަށްފަހު ދެމީހުން އެކުގައި މިސްރާބުޖެހީގެއަށެވެ.

*****

އިޔާންގެ ޖެއްސުންތަކާ ހުރެ އެ ކައިވެންޏާ މެދު ދެވަނަ ވިސްނުމަކަށް ދާން އައިރީންގެ ހިތަށް މަޖުބޫރު ކުރުވަން ފެށިނަމަވެސް އޭނާ ހުރީ އެހިތުގެ ގޯނާތަކަށް އިޖާބަދޭ ގޮތަކަށް ނޫނެވެ. ބައްޕަގެ އެދުން ފުއްދުމަށްޓަކާ އޭނާ ހުރީ އެއަށްވުރެ ވަރުގަދަ ޢަޒުމެއްގައެވެ. ހިތުގެ ކޯޅުންތަކުގެ މައްޗަށް އަތްގަދަ ކުރަން އައިރީން މަސައްކަތް ކުރަމުން ދިޔައެވެ.

ކައިވެނީގެ ވާހަކަ ދައްކަންޏާ އިޔާން ބަލަނީ އެތަނަކުން އަވަހަށް ދެވޭތޯއެވެ. އެފަދަ ކޮންމެ ދުވަހެއްގައި އޭނާއަށް ޒަލަފްގެ ގޯނާތަކާ ވެސް ކުރިމަތިލާން ޖެހެއެވެ. އެ ޖެއްސުން ތަކުގެ ސަބަބުން ވެސް ބައެއްފަހަރު އިޔާންއަށް އުނދަގޫވާގޮތްވެއެވެ. އައިރީން އާއި ގޭގެ އެންމެންނާވެސް ގުޅުން ބަދަހިވަމުން ދިޔައެވެ. އެކަމުގެ ސަބަބުން ހިތާމަތައް ވަރަށް ބޮޑަށް ފިލައިގެން ގޮސް އޭނާގެ ހިތަށް ހަމަޖެހުން ލިބިއްޖެއެވެ. އެ ގޭގެ އެންމެންގެ މައްޗަށް އައިރީންގެ ހިތުގައި ހާއްސަ ލޯތްބެއް އުފެދިގެން ހިނގައްޖެއެވެ.

އަވިގަދަ ދުވަހެކެވެ. މެންދުރުގެ ކެއުމަށްފަހު އިރުކޮޅަކު އަރާމުކޮށްލުމަށްފަހު އިޔާން ތިރިއަށްފޭބީ ބޭރަށް ދިޔުމުގެ ބޭނުމުގައެވެ. ޒަލަފް އޭނާގެ ފަހަތުން އަޅޫވާލާތީ މިހާރު ބޭރަށް ދެވޭލެއްވެސް މަދެވެ. އިޔާންގެ އުޅުމަށް އައިސްގެން އުޅޭ ބަދަލު އެ ގޭ އެންމެންގެ ފަރާތުން ޒަލަފްއަށް ވެސް އޮތީ އެނގިފައެވެ.

ޒަލަފް ކާކޮޓަރިއަށް ވަދެ ވަރަށް ސިއްރުން ކޮފީއެއް ހަދާލައިގެން އެތިފޮދެއް ބޯލުމަށްފަހު ބާކީބައި އުކާލުމަށްފަހު ކާކޮޓަރިން ނުކުމެވުނީ އަޝްރާގެ ކުރިމައްޗަށެވެ.

"މަންމާ" ސިހުނުވަރުން ޒަލަފްއަށް ދެލޯވެސް ބޮޑުކޮށްލެވުނެވެ.

ދަރިފުޅާ... ކިހިނެތްވީ؟" އަޝްރާ ސުވާލުކޮށްލިއެވެ.

"ފެން ފޮދެއް ބޯލީ" ނިކަން އަވަސް އަވަހަށް ޖަވާބުދީފައި ޒަލަފް ބާރު ފިޔަވަޅުތަކެއްގައި ގޮސް ސިޑިން އަރައިގެން ހިނގައްޖެއެވެ. މައްޗަށް އަރާ އޭނާ މޭގައި އަތް އަޅާލިއެވެ. އިރުކޮޅެއްނުވެ އޭނާގެ މުޅިގައި ކަހަން ފަށައިފިއެވެ. އެވަގުތު ކޮފީ ނުބޮވުނު ނަމައޭ ހިތަށް އެރިނަމަވެސް ދެން ކުރެވޭނެ ކަމެއް ނެތެވެ. ކޮފީއަކީ އޭނާއަށް ވަރަށް މީރު އެއްޗެކެވެ. އެލާރޖިކް ވާތީ ނުބޮވޭ އެއްޗަކަށް ވިނަމަވެސް އެހެން އުޅެލާފައި ދޭތެރެ ދޭތެރެއިން އޭނާ ކޮފީ ބޮނީ މީރުކަމުންނެވެ. ބޯ ދުވަހަކު ވެއްޖެއްޔާ އޭނާ އުޅެން ޖެހޭނީ މުޅިގައި ހިރުވާފައި ފިތް ނަގާތީއެވެ. އެހެންކަމުން ގޭ އެންމެން ވެސް އޮންނަނީ ޒަލަފްއަށް ކޮފީ ބުއިން މަނާކޮށްފައެވެ. އެކަމާ އިޔާންވެސް އޭނާއާ ދިމާކޮށް ހަދައެވެ.

ކޮޓަރިއަށް ވަދެ ފެންވަރާ ތާޒާ ވެލައިގެން އޭނާ ނުކުމެ އަތްދިގު ޓީޝާޓަކާއި ޖީންސްއެއް ލިޔެވެ. ދެން އޭނާ ތިރިއަށް ފޭބީ އިޔާންވެސް މަތީގައި ނެތުމާއެކުގައެވެ. އޭނާ ބޮޑުކޮޓަރިއާ އަރާހަމަވީތަނާ އިޔާންއައިސް ގެއަށް ވަންނަނީއެވެ.

"ކީއްވެޔޭ އަތްދިގު ޓީޝާޓެއް ލައިގެން ތިހުރީ؟" އިޔާން ފުރަތަމަވެސް ކޮށްލީ ސުވާލެކެވެ. އެއާއެކު ޒަލަފް ބޯ ކަހާލީ އިޔާން އެހެން އެ އެހީ އޭނާ ކޮފީ ބުއިކަން އެނގިގެން ކަމަށްވާތީއެވެ. އާއްމުގޮތެއްގައި އޭނާ އަތްދިގު އެއްޗެހި ލަނީ ގައިގައި ފިތް ނަގައިގެން އުޅޭނަމައެވެ. ކޮފީބުއިކަން އެނގޭ ނަމަ މަންމަމެން ރުޅި އަންނާނެއެވެ.

އިޔާން ދެފަރާތަށް ބޯ ހޫރާލިއެވެ.

*****

ހަވީރުގެ ވަގުތެވެ. ގޭގެ ބަގީޗާތެރޭގައި ހަދާފައިވާ ވަށް މޭޒު ދޮށުގައި އެންމެން އިށީނދެގެން ތިބިއިރު ކޮންމެ މީހަކާ ދިމާލުގައި ވެސް ކޮފީ ތައްޓެއް ބެހެއްޓިފައިވެއެވެ. ޒަލަފް ފިޔަވައެވެ. ޒަލަފްއާ ދިމާލުގައި ހުރީ ކިރު ސައިތައްޓެކެވެ. އިޔާން ޒަލަފްއަށް ބަލާލާފައި ނުލަފާ ހިނިތުންވުމެއް ހަދިޔާ ކޮށްލިއެވެ. ޒަލަފް އަނގަހަދާލިއެވެ.

"ތުއްތު ތުއްތު ޒަލަފް... އަވަހަށް ކިރުތަށި ބޯލާ" އިޔާން ޒަލަފްއަށް ޖެއްސުންކޮށްލިއެވެ. މި ދުވަސްކޮޅު ވަކިން ހާއްސަކޮށް އެ ދެމީހުންގެ ޖެއްސުން ބޮޑުވެގެން އެ އުޅެނީ އައިރީން އާ ގުޅުވައިގެން ޒަލަފްވެސް އެހާ ވަރަށް އިޔާން އާ ދިމާކުރާތީއެވެ. އެކަން ގޭ އެންމެންނަށްވެސް އެނގެއެވެ. އެހެންނޫނަސް އެ ދެމީހުން ޖަހާ ސަކަރާތަކަށް ދުވަހަކުވެސް އެއިން މީހަކު އެއްޗެއް ނުބުނާނެއެވެ.

"ހޭ... އަދިވެސް ބޮޑެއްނުވޭދޯ؟" ކޮފީ ނިންމާލާފައި އެންމެންނާއެކު ގެއަށް ވަންނަން އައި ޒަލަފްގެ ގައިގައި ކޮށްޓާލާފައި އެއް ކަންފަތް ދޮށުގައި އިޔާން ބުނެލިއެވެ. ޒަލަފް އިޔާންގެ ބަނޑުގައި އުޅަނބޮށިން ޖަހާލިއެވެ.

"މާ މަޖައެއް ނޫނޭ" ޒަލަފްގެ ރާގު ހުރި ގޮތުން އިޔާންއަށް މަޖާވިއެވެ. އެހެންނަމަވެސް އޭނާ އިތުރަށް އެއްޗެއް ބުނާ ޚިޔާލެއް ނުކުރެއެވެ.

އޭގެ ތިން ދުވަސް ފަހުން ޒަލަފް އަނެއްކާވެސް ކުރިން ދިޔަ ކެފޭއަށް ދާން ހިނގާށޭ އިޔާން ގާތު ކިޔަން ފަށައިފިއެވެ. ޒަލަފް ބޭނުންވަނީ މެންދުރު އެއްގަޑި ބައި ހާއިރު ދާންކަމަށްވުމާއެކު އިޔާން ހުރީ ވާނުވާ ނޭގިފައެވެ. އޭރު އޭނާއަށް ނޭނގުނު ކަމަކީ މި ދިޔަ ތިން ދުވަހުވެސް އެ ގަޑީގައި ޒަލަފް އޭނާގެ އެކުވެރިން ތަކަކާއެކު އެ ކޮފީޝޮޕްއަށް ދިޔަކަމެވެ.

"ކޮން ކުއްޖެއް ފެނިގެން އެތަނަށް ދާން ތިއުޅެނީ؟" އިޔާން ސުވާލުކޮށްލިއެވެ.

"އެހެން ވެގެނެއް ނޫނެ... ހަމަ އެތާގެ ފްރެޝް އޮރެންޖް މީރުކަމުން" ޒަލަފް ބުނެލިއެވެ.

"މިއޮއްފަދަ މެންދުރު ހަމަ ފްރެޝް އޮރެންޖެއް ބޯ ހިތުންތަ؟ ބުނަންތަ މަންމަ ގާތު ޖޫސްތައްޓެއް ހަދައިދޭން" އިޔާން އަހާލިއެވެ.

އަސްލުވެސް... ހިނގާބަލަ!" ޒަލަފް ކުރުނުކޮށް ކިޔަން ފެށުމުން އިޔާން އެއްމެ ފަހުން އެއްބަސްވިއެވެ. އޭގެ ފަހުން ޖެހިގެން އައި ތިން ދުވަހުވެސް އިޔާންއަށް ޖެހުނީ އެއްހާލެކެވެ. ޒަލަފް ކިޔާ ވަރުން ކޮންމެ ދުވަހަކު މެންދުރު ދަޅައަށް އެ ކޮފީ ޝޮޕަށް ދާން އެބަޖެހެއެވެ. އެކަމާ ގުޅޭގޮތުން އިޔާން ކިތަންމެ ވަރަކަށް ސުވާލުކުރިނަމަވެސް ވެގެން އުޅޭގޮތެއް ޒަލަފްއެއް ނުބުނެއެވެ. ޒަލަފް ކިޔާ ވަރުން އޭނާއަށް ދެކޮޅު ހަދަން ވެސް ނުކެރެނީއެވެ.

ކޮފީޝޮޕަށް ގޮސްފައި ޒަލަފްއާއި އިޔާން ގެއަށް އައިސް މައްޗަށް އެރިއެވެ. އައިރީން ސޯފާގައި އިށީނދެގެން އިންދާ ފެނުނެވެ. އިޔާން ފެނުމާއެކު އައިރީން ހިނިތުންވެލަން މަސައްކަތް ކުރިއެވެ. އެހެންނަމަވެސް އިޔާން މޫނު އަނެއްފަރާތަށް އަނބުރާލަމުން ގޮސް ބެލްކަންޏަށް ނުކުތެވެ. ޒަލަފްއައިސް ސޯފާގައި ޖައްސާލުމުން އައިރީން ބަލާލިއެވެ.

"ހޭ... ދޮންބެ ދައްތާ... ވަޓްސް އަޕް" ޒަލަފް ބުމަ އަރުވާލިއެވެ.

"އައިރީން އެއްވެސް ކަމެއް ނެތޭ ބުނެލަމުން ފޯނަށް ނަޒަރު ހުއްޓާލިއެވެ.

"ދޮންބެ އުޅޭނެ އެހެން... އަޅާ ނުލާ.. ފަހުން އޯކޭ ވާނެ" ޒަލަފް ބުނެލިއެވެ. އައިރީން ބަދަލުގައި ހިނިތުންވެލީ އެވެ. އެކަމާ ގުޅުވައިގެން އިތުރު އެއްޗެއް އޭނާ ނުބުނެއެވެ. ޒަލަފް އަނގަތަޅަން ފެށުމުން މަޑުމަޑުން އައިރީންއަށްވެސް ވަހަކައިގެ ތެރެއަށް ވަދެވެން ފެށުނެވެ.

"ބިޒްނަސް ކިޔެވީ... ޒަލަފް ކޯންޗެއްތަ ކިޔެވީ؟" އައިރީން ޒަލަފް އޭނާއަށް ކުރި ސުވާލުގެ ޖަވާބު ދެމުން ހަމަ އެ ސުވާލު ޒަލަފް އާ ވެސް ކޮށްލި އެވެ.

"ސޭމް... ބިޒްނަސް... ދޮންބެވެސް ބިޒްނަސް" ޒަލަފް ޖަވާބުދިނެވެ.

"ދެން ދޮންބެ ދައްތަ ކޮންކަމެއް ކުރަން ތި ގަސްތުކުރަނީ؟" ޒަލަފް އަހާލިއެވެ.

"ބައްޕަގެ ކުންފުނީގެ މަސައްކަތްތަކުގެ ތެރެއަށް ވަންނަން ބޭނުމީ... ވަނަސް މެރީ ކުރުމަށްފަހު ވަންނަން ގަސްތުކުރަނީ... އެއީ އެންމެ ބޮޑު ހުވަފެން... ބައްޕަގެ ޑްރީމްއެއް އެއީ... އެކަމަކު... އަދި މާރސްޓަސް ވެސް ހަދާ ނިންމާފަ ޖޮއިން ކުރަން ބޭނުންވަނީ.. ޑިގްރީ ނިމިގެން މާލެއައިސް ހުއްޓާ ބައްޕަ ނިޔާވީ... " އައިރީން ބުނެލިއެވެ. އެ ވާހަކަ ދެއްކިއިރު ކޮންމެވެސް ވަރެއްގެ ހިތްދަތިކަމެއް އެ އަޑުން ޒަލަފްއަށް ފާހަގަ ކުރެވުނެވެ.

"މެރީ ކޮށްގެން ކިޔަވަންތަ ގަސްތުކުރަނީ؟" ޒަލަފް އަހާލިއެވެ.

"އިންޝާ ﷲ... ކިޔަވަން ބޭނުން... ޑޫ ޔޫ ތިންކް އިޔާން ވިލް އެލޯ މީ ޓް ސްޓަޑީ އާފްޓަރ މެރީން؟" އައިރީން ކުއްލިއަކަށް އަހާލިއެވެ.

"ޔެސް... އޮފް ކޯޒް... ކީއްވެ ހުއްދަ ނުދޭންވީ... ދޮންބެ އަކީ ހަރުކަށި ގޮތެއް ހުއްޓަސް އެކަހަލަ މީހެއްނޫނޭ... އަހަންނަށް ޔަޤީން ދޮންބެ ދައްތަ ކިޔަވަން ބޭނުންވެއްޖެނަމަ ދޮންބެ ހުރަހެއް ނާޅާނެކަން" ޒަލަފް ބުނެލިއެވެ. ޒަލަފްއާއި އައިރީން ވާހަކަ ދައްކާ ނިންމާލާފައި އައިރީން އޭނާގެ ކޮޓަރިއަށް ދާން އުޅެފައިވެސް ބެލްކަންޏަށް ނުކުމެލިއެވެ. ނުކުތްތަނާ އޭނާގެ ލޮލުގައި އެތަނުގައި ހުރި އިޔާން އަޅައިގަތެވެ. އިޔާން ފަސް އެނބުރި ބަލާލުމާއެކު އައިރީން އުޅުނީ އެތެރެއަށް ވަންނާށެވެ. އެހެންނަމަވެސް އިޔާން ގޮވާލުމާއެކު އޭނާ ފަސް އެބުރި ބަލާލާ މަޑުކޮށްލިއެވެ.

"އައިރީން.. އަހަރެން އައިރީން ކިޔަވަން ހުއްދަ ނުދޭނަމޭ ބުނެފިއްޔާ... އޭރުން ވެސް އަހަންނާ މެރީ ކުރާނަންތަ؟" ކުއްލިއަކަށް އެ އަތުގައި ހިފާ ގާތަށް ދަމާލަމުން އިޔާން ސުވާލުކޮށްލިއެވެ. އެއާއެކު އޭނާ ޒަލަފް ގާތު ދެއްކި ހުރިހާ ވާހަކަތަކެއް އިޔާން އަށް އަޑު އިވިއްޖެކަން އައިރީން އަށް އެނގުނެވެ.

"އަހަރެން އައިރީންއަށް ކިޔެވުމުގެ ފުރުސަތެއްނުދޭނަން... ޒަލަފްއަށް ކުރެވިގެން އެ އުޅެނީ ކުށްހީއެއް... އައިރީން ބޭނުމިއްޔާ މިކައިވެނި ނުކުރަންވީ... " އިޔާން އޭނާގެ މޫނު އައިރީންގެ މޫނާ ކައިރިކޮށްލިއެވެ. އެ އަޑުގައިވި ސީރިއަސްކަމުން އައިރީންގެ މުޅި ގައިން ހީބިހި ނަގައިގެންދިޔައެވެ.

"އަހަންނާ ކައިވެނި ކުރާނަންތަ އަދިވެސް؟" އިޔާން އަނެއްކާވެސް ސުވާލެއް ކޮށްލިއެވެ.

އައިރީން ބޯ ޖަހާލިއެވެ.

"ވަޓް ޑޫ ޔޫ ވޯންޓް އައިރީން...؟ ބުނި ކޮންމެ ކަމެއް ކޮށްދޭނަން... ޖަސްޓް ސްޓޮޕްދިސް" އިޔާން އައިރީންގެ އަތުން ދޫކޮށްލާ ދުރަށް ޖެހިލިއެވެ. އައިރީންއަށް އެ ހުރީ ކިހިނެއްވެފައި ހެއްޔެވެ؟ ހުރިހާ ހުވަފެންތަކެއް ވިއްސި ވިހާލިވާން އެ ދޫކޮށްލަނީ ކޮންފަދަ މަޖުބޫރީ ހާލަތެއް މެދުވެރިވެގެން ހެއްޔެވެ؟

"އައިރީންގެ ބައްޕަގެ ކުންފުނިވެސް ބަލައިދީފާނަން... އެކަމަކު އަހަރެމެންގެ ކައިވެނި ހުއްޓުވާ ނަމަ" އިޔާން އޭނާގެ އެންމެ ފަހު ހަތިޔާރު އައިރީންއާ ދިމާލަށް އުފުއްލާލިއެވެ. އައިރީން އެކަމާ އެއްބަސްވޭތޯ އޭނާއަށް ދުޢާ ކުރެވުނެވެ. އެހެންނަމަވެސް އައިރީން ހުރީ ދޫދޭފަދަ ގޮތަކަށް ނޫނެވެ. އޭނާ ހުރީ އިޔާން އާއި ކައިވެނި ކުރަން ތައްޔާރަށެވެ. އިޔާން ގާތަށް ހައްތަހާ ރުޅި އަންނަ ގޮތް ވުމާއެކު އޭނާ އައިރީން ހިތްދަތި ވާފަދަ ބަހެއްބުނެލާފައި ގޮސް ކޮޓަރިއަށް ވަދެއްޖެއެވެ. އެތައް އިރަކު ބެލްކަނީގައި ވިސްނަން ހުރުމަށްފަހު އައިރީންވެސް ކޮޓަރިއަށް ވަނެވެ.

(ނުނިމޭ...)

https://sun.mv/128126

comment ކޮމެންޓް