މިނިސްޓަރު އަލީ ޗެއާކުރި ގައުމީ ޓީމަށް ލަފާދޭ ކޮމެޓީ އުވާލައިފި

އަލީ ވަހީދު އެފްއޭއެމްގެ ރައީސް ބައްސާމް އާއި ގައުމީ ޓީމްގެ ކޯޗާ އެކު --

ރާއްޖޭގެ ގައުމީ ފުޓުބޯޅަ ޓީމަށާއި ފުޓުބޯޅާ އެސޯސިއޭޝަނުގެ އެކްސްކޯއަށް ލަފާ ދިނުމަށް ދާދި ފަހުން އެކުލަވާލި ކޮމިޓީ އުވާލައިފި އެވެ.

އެފްއޭއެމުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ ކޮމެޓީ އުވާލުމަށް ނިންމާފައިވަނީ، މިއަހަރުގައި ދެން އިތުރަށް ގައުމީ ޓީމުގެ މެޗެއް އަދި މުބާރާތެއް ނެތުމުގެ ސަބަބުން ކަމަށެވެ.

އެ ކޮމެޓީގެ ޗެއާމަންކަން ކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓަރު އަލީ ވަހީދު އެވެ. އަލީ ވަހީދުގެ އިތުރުން ދެން އެ ކޮމެޓީގައި ތިއްބެވީ އަންހެން ގައުމީ ޓީމުގެ ކުރީގެ ކެޕްޓަން މަރިޔަމް މިރްފަތު އާއި އެފްއޭއެމްގެ ސީނިއާ ވައިސް ޕްރެޒިޑެންޓް އަހުމަދު ޝަކީބް (ޑޮކް) އާއި އޮލިމްޕިކް ކޮމިޓީގެ ރައީސް މުހައްމަދު ޝަވީދުގެ އިތުރުން ގައުމީ ޓީމު ކޮމިޓީގެ ކުރީގެ މެމްބަރު އަލީ ނާޝިދު (އޮގަރު އައްޔަ) އެވެ.

އެ ކޮމެޓީ އުވާލާފައިވާއިރު ކޮމެޓީގެ މަސައްކަތް ރަސްމީ ކޮށް ފަށާފައި ވަނީ އޮކްޓޯބަރު މަހުގެ 21 ވަނަ ދުވަހުގެ ރޭ ޕެރެޑައިސް ރިސޯޓްގައި ބޭއްވި ހަފްލާއެއްގަ އެވެ. ކޮމިޓީގެ މަސައްކަތް ފެށުމުގެ ގޮތުން، އެރޭ ވަނީ، ދުރު ރާސްތާ ޕްލޭނެއް އެކުލަވާލުމަށް ކުރަން ޖެހޭ ދިރާސާ ކުރުމާއި ކަމާ ބެހޭ ހުރިހާ ފަރާތްތަކެއްގެ ހިޔާލު ހޯދަން ފަށައިފި އެވެ.

comment ކޮމެންޓް