ދަތުރުވެރިންގެ މާރުކޭޓުގެ ގޮޅިތަކަށް އެދެން ހުޅުވާލައިފި

މާލެ، މާރުކޭޓް -- ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް

މާލޭ، ދަތުރުވެރިންގެ މާރުކޭޓުން ދޫކުރާ ގޮޅިތަކަށް އެދުމުގެ ފުރުސަތު މާލޭ ސިޓީ ކައުންސިލުން ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން މިދިޔަ ބުރާސްފަތި ދުވަހު ނެރުނު އިއުލާނުގައި ބުނެފައިވަނީ، ހުޅިތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މާދަމާއިން ފެށިގެން އަންނަ މަހު 19 ވަނަ ދުވަހާ ހަމަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ ކަމަށެވެ.

ގޮޅިތަކަށް ކުރިމަތިލުމަށް އެދޭނީ އެކަމަށް ހާއްސަކޮށް ކައުންސިލުން ދޫކުރާ ފޯމުން ކަމަށްް އިއުލާންގައި ބުނެއެވެ. އެ ފޯމު ރަސްމީ ދުވަސް ދުވަހު ހެނދުނު 8:00 އިން ފެށިގެން 14:00 އާ ދެމެދު މި ކައުންސިލުން ލިބެން ހުންނާނެ ކަމަށާއި އަދި ކައުންސިލުގެ ވެބްސައިޓު www.malecity.gov.mv އިން ޑައުންލޯޑް ކުރެވެންވެސް ހުންނާނެ ކަމަށް އިއުލާންގައި ވަނީ ބުނެފައެވެ.

ދަތުވެރިންގެ މާރުކޭޓް މަރާމާތަށް ބަންދުކޮށްފައި ހުންނަތާ ދުވަސްކޮޅެއް ވެއްޖެ އެވެ. އެކަމާ ގުޅިގެން ބައެއް ވިޔަފާރިވެރިން ވަނީ ކަންބޮޑުވުންވެސް ފާޅުކޮށްފައެވެ.

ސިޓީ ކައުންސިލުން ވަނީ، މާރުކޭޓު ބަންދު ކުރި އިރު ހުރި 174 ގޮޅި، ބޮޑުކޮށް 117 ގޮޅިއަށް ބަދަލުކުރުމަށް މިދޔަ އޮކްޓޯބަރު މަހު އުސޫލެއް ފާސްކޮށްފައެވެ. އެކަމާ ގުޅިގެން ކައުންސިލް އެހެން މެމްބަރުންނާއި ކައުންސިލްގެ މޭޔަރު ޝިފާ މުހައްމަދާ މެދު ދެބަސްވުމެއްވެސް ހިނގިއެވެ.

https://sun.mv/127534

comment ކޮމެންޓް