ރީތި ގުޑިތަކާއެކު އުރީދޫ ގުޑި މަހާސަމާ ބާއްވައިފި

އުރީދޫ ގުޑި މަހާސަމާގެ ތެރެއިން -- ފޮޓޯ/ އުރީދޫ

އުރީދޫ ކަލާ ރަންގެ ފޯރި ގަދަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގެ ތެރެއިން "ގުޑި މަހާސަމާ" ބާއްވައިފިއެވެ.

ހުޅުމާލޭ ސެންޓްރަލް ޕާކުގައި މިއަދު ހަވިރު ކުރިއަށް ގެންދިޔަ މި ހަރަކަތުގައި ގިނަ އަދަދެއްގެ ކުޑަކުދިންނާއި އާއިލާތައް ބައިވެރިވެ، ގުޑި އެރުވުމުގެ ހަރަކާތުގައި ބައިވެރިވެފައިވެއެވެ.

ގުޑި މަހާސަމާ ފައްޓަވައިދެއްވީ ނޭޝަނަލް ޕްލޭނިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު މުހައްމަދު އަސްލަމާއި އުރީދޫގެ ސީއީއޯ ނަޖީބު ޚާނެވެ.

ގުޑި މަހާސަމާގެ ތެރެއިން ބޯލްސް ރޭހެއްވެސް ވަނީ ބާއްވައިފައެވެ. ބޮޑު ތަރުހީބެއް ލިބުނު މި ރޭހުން ވަނަ ވަނައަށް ދިޔަ ކުދިންނަށް އުރީދޫއިން ވަނީ ހަދިޔާ ދީފައެވެ.

އުރީދޫ ގުޑި މަހާސަމާގައި އުރީދޫގެ ސީއީއޯ ނަޖީބު ޚާން -- ފޮޓޯ/ އުރީދޫ

ގުޑި މަހާސަމާގެ ތެރެއިން ގުޑިި ހެދުމުގެ ހަރަކާތާއި، ކުޑަކުދިންނަށް ހާއްސަ ކުޅިވަރުގެ އައިޓަމްތައްވެސް ކުރިއަށް ގެންގޮސްފައިވެއެވެ. މީގެ އިތުރުން އިތުރުން ފޭސް ޕެއިންޓުކުރުމާއި ކުލަ ޖެއްސުން ފަދަ ހަރަކާތްތައް ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރީތި ގުޑިތަކެއް ފެނިގެންދިޔަ މި ހަރަކާތުގައި ގުޑި އެރުވުމުގައި ކުޑަކުދިންނާއި ޒުވާނުން އަދި ބޮޑެތިމީހުންވެސް ބައިވެރިވިއެވެ.

މިއަދުގެ މިހަރަކާތަށްފަހު އުރީދޫ ކަލާ ރަން އޮންނާނީ މާދަމާ ހަވީރުއެވެ.

ފަސްހާސް މީޓަރުގެ ދުވުން ކުލަކުޅުމާއި މަޖާކުރުމުގެ ތެރެއިން ކުރިއަށް ގެންދާ ކަލާ ރަން މާދަމާ ހަވީރު ބާއްވާއިރު މާދަމާރޭ ފޯރިގަދަ މިއުޒިކް ޝޯއެއް އޮންނާނެކަމަށް އުރީދޫއިން ބުންޏެވެ.

އުރީދޫ ގުޑި މަހާސަމާގައި ޕްލޭނިންގް މިނިސްޓަރު މުހައްމަދު އަސްލަމް -- ފޮޓޯ/ އުރީދޫ

އުރީދޫ ގުޑި މަހާސަމާގެ ތެރެއިން -- ފޮޓޯ/ އުރީދޫ

"އުރީދޫ މިޔުޒިކް ފެސްޓިވަލް"ގައި ރާއްޖޭގައި މިވަގުތު އެންމެ ނަން ވިދަމުން އަންނަ ބޭންޑްތަކުގެ ހުށަހެޅުން ފެނިގެންދާނެއެވެ. އޭގެ ތެރޭގައި ސްކައި ރޮކް، ގްރެވިޓީ، ޓޫ ސެންސް، އިކުއަޓިކް ވައިބް ފަދަ ބޭންޑްތައް ހިމެނެއެވެ.

އުރީދޫން އިންތިޒާމުކުރާ ކުލަ އީދުގެ އޮފިޝަލް މީޑިއާ ޕާޓްނަރަކީ ސަން މީޑިއާއެވެ.

comment ކޮމެންޓް