ކައިލީގެ ކޮސްމެޓިކް ކުންފުނި ވިއްކާލަނީ

ޒުވާން ބިލިއަނަރު ކައިލީ ޖެނާ އޭނާގެ ކޮސްމެޓިކް ކުންފުނި ވިއްކާލަން ނިންމައިފި އެވެ.

ހަބަރުތައް ބުނާގޮތުގައި ކައިލީ އެ ކުންފުނި ވިއްކާލަން ނިންމީ ބައިނަލްއަގްވާމީ ގޮތުން ބާރުގަދަ ކުންފުންޏަކަށް ހެދުމަށް ކަމަށެވެ. އުމުރުން 22 އަހަރުގެ ކައިލީގެ ކޮސްމެޓިކް ކުންފުނި ވިއްކާލަން ނިންމާފައިވަނީ 600 މިލިއަން ޑޮލަރަށް ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

ކައިލީގެ ކޮސްމެޓިކް ކުންފުންނަކީ ވަރަށް ބޮޑު އާމްދަނީއެއް ލިބޭ ކުންފުންޏެކެވެ. އެ ކުންފުނިން އެކަނިވެސް މިދިޔަ އަހަރު 360 މިލިއަން ޑޮލަރުގެ އާމްދަނީއެއް ލިބުނެއެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުގައި ކައިލީ ކުންފުނި ވިއްކާލުމުން 51 އިންސައްތަ ހިއްސާ އޮންނާނީ ކޯޓީއަށްކަމަށެވެ. ސަބަބަކީ މެކްސް ފެކްޓާ އަދި ހިއުގޯ ބޮސް ފަދަ ބްރޭންޑްުތައް މެނޭޖްކުރާ ކުންފުންޏަށް ވާތީ އެވެ.

ކައިލީއަށް ވަނީ މިދިޔަ އަހަރު ދަރިއެއްވެސް ލިބިފަ އެވެ. ދާދިފަހުން ކައިލީ ބުނީ އާއިލާއަށް ގިނަ ދަރިންތަކެއް ބޭނުންވާ ކަމަށެވެ.

comment ކޮމެންޓް