ލޯޑް އޮފް ދަ ރިންގްސް ނުވެސް ފަށަނީސް ދެވަނަ ސީޒަނަކަށް

ލޯޑް އޮފް ދަ ރިންގްސް އޮރިޖިނަލް ފިލްމު ސީރީޒް އިން މަންޒަރެއް ---

މަޝްހޫރު ފެންޓެސީ ފްރެންޒައިޒް ކަމަށްވާ "ލޯޑް އޮފް ދަ ރިންގްސް"ގެ ސީރީޒްގެ ފުރަތަމަ ސީޒަންގެ ޝޫޓިންވެސް ނުފަށަނީސް އެ ސީރީޒްގެ ދެވަނަ ސީޒަނަށް ރިނިއުކޮށްފި އެވެ.

އެމެޒޯންގެ ސްޓްރީމިން ސާވިސް ކަމަށްވާ "ޕްރައިމް"އިން ލޯޑް އޮފް ދަ ރިންގްސްގެ ސީރީޒް އެއް ތައްޔާރުކުރާނެ ކަމަށް ވަނީ މިއަހަރުގެ މެދުތެރޭގައި އާންމުކޮށްފައެވެ.

އެމެޒޯން އިން އެ ސީރީޒް ދެވަނަ ސީޒަން އަކަށް އާކުރުމާ ގުޅިގެން ޕްރޮޑިއުސަރުންގެ މަސައްކަތުގެ ތީމަށްވެސް ވަނީ ބަދަލު ގެނެސްފައެވެ. އެ ޓީމުން މިހާރު މަސައްކަތްކުރަނީ ސީރީޒްގެ ފުރަތަމަ ދެވަރަކަށް އެޕިސޯޑުގެ މަސައްކަތް ނިންމާފައި ސީޒަން އެކެއްގެ ބާކީ އެޕިސޯޑާއި ދެވަނަ ސީޒަން އެއްކޮށް އެކީގައި ސްކްރިޕްޓް ލިޔެ ނިންމާލުމަށެވެ.

އެ ސީރީޒްގެ ކާސްޓާއި ޕްލޮޓުވެސް އަދި އެއްކޮށް ފައިނަލް ނުވެއެވެ. އަދި އެ މަސައްކަތް ކުރުމަށް ދެ މަހެއް ވަރު ނެގުމަކީ އެކަށީގެންވާ ކަމެއް ކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ލޯޑް އޮފް ދަ ރިންގްސް އަކީ ބޮޑު ބަޖެޓުގެ ސީރީޒްއެކެވެ. އެ ސީރީޒްގެ ޕްރޮޑަކްޝަން ފެށުމަށް ހަމަޖެހިފައިވަނީ ނިއު ޒީލެންޑުގައެވެ.

comment ކޮމެންޓް