މިހާރު އެއް ފޯމް ސެޓުން ސުޕްރީމް ކޯޓަށް މައްސަލަ ހުށެޅޭނެ

ދިވެހި ރާއްޖޭގެ ސުޕްރީމް ކޯޓް: އެއް ފޯމް ސެޓުން އެ ކޯޓަށް މައްސަލަ ހުށަހެޅޭ ގޮތަށް ވަނީ ނިންމާފައި -- ސަން ފައިލް ފޮޓޯ/ ފަޔާޒު މޫސާ

ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުގެ ހުއްދައަށް އެދޭއިރު ފޯމާއި ލިޔުންތަކުގެ އަސްލުގެ އެއް ސެޓުގެ އިތުރުން އިތުރު ކޮޕީއެއް ހުށަހަޅަން ނުޖެހޭ ގޮތަށް ފަނޑިޔާރުންގެ މަޖިލީހުން ނިންމާފައިވާ ކަމަށް ސުޕްރީމް ކޯޓުން ބުނެފި އެވެ.

މީގެ ކުރިން ސުޕްރީމް ކޯޓަށް ހުއްދައަށް އެދި މައްސަލަ ހުށަހަޅާއިރު ފޯމް ސެޓުގެ އަށް ކޮޕީ ހުށަހަޅަން ޖެހެއެވެ. އެ ނިންމުން ބަދަލުކޮށް ސުޕްރީމް ކޯޓުން ބުނީ، ހުއްދައަށް އެދި އެއް ފޯމް ސެޓް ހުށަހެޅި ނަމަވެސް މައްސަލަ ބަލައިގަތުމަށްފަހު ރަޖިސްޓްރާ އަންގާ އަދަދެއްގެ ކޮޕީ ހުށަހަޅަން ޖެހޭނެ ކަމަށެވެ.

މި ސަރުކާރު ވެރިކަމަށް އައުމަށް ވީ ވައުދު ތަކުގެ ތެރޭގައި އެންމެ ބޮޑު އެއް ވައުދަކީ ޖުޑިޝަރީ އިސްލާހު ކުރުމުގެ ވައުދެވެ. އެ މަސައްކަތް ފަށާފައިވާއިރު އުއްތަމަ ފަނޑިޔާރުގެ އިތުރުން ބައެއް ފަނޑިޔާރުންނާއި ގާޒީންގެ އިތުރުން މެޖިސްޓްރޭޓުން ވެސް ވަނީ މަގާމުން ދުރުކޮށްފަ އެވެ.

comment ކޮމެންޓް