ޔޫއެންގެ ރެޕެޓުއާއާ ނަޝީދު މަޝްވަރާ ކުރައްވައިފި

އދ.ގެ ސްޕެޝަލް ރެޕަޓުއާ އާއި އެކު މަޖިލިސް ރައީސް ބޭއްވި ބައްދަލުވުމުގެ ތެރެއިން --- ފޮޓޯ: މަޖިލިސް

އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ރާއްޖެއިން ޢަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭ ގޮތުން އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ އެންޑް އަދާ ކްރުއަލް، އިންހިއުމަން އޯ ޑީގްރޭޑިންގް ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް ޕްރޮފެސާ ނިލްސް މެލްޒާ އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދުއާ މަޝްވަރާ ކުރައްވައިފި އެވެ.

މިއަދު ރައްޔިތުންގެ މަޖިލިސްކުރާ ގޭގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ، އަނިޔާވެރިކަމާއި ލާއިންސާނީ ޢަމަލުތައް ހުއްޓުވުމަށް ރާއްޖެއިން ޢަމަލުކުރަމުންދާ ސިޔާސަތުތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވައިފަ އެވެ. އަދި، ލާއިންސާނީ ޢާމަލުތަކާއި އަނިޔާވެރިކަން ހުއްޓުވުމަކީ ރާއްޖެއިން ބޮޑު އަހުމިއްޔަތުކަމެއް ދެއްވާކަމެއްކަން ނަޝީދު ފާހަގަކުރެއްވި އެވެ. މީގެ އިތުރުން، ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، އދ.ގެ އެކިއެކި ގުނަވަންތަކުން ރާއްޖެއަށް ވެދެއްވަމުން ގެންދަވާ އެހީތެރިކަން ފާހަގަކުރައްވާ ޝުކުރުއަދާކުރެއްވި އެވެ.

މި ބައްދަލުވުމުގައި، އދ.ގެ ސްޕެޝަލް ރެޕަޓުއާ އޮން ޓޯޗާ އެންޑް އަދާ ކްރުއަލް، އިންހިއުމަން އޯ ޑީގްރޭޑިންގް ޓްރީޓްމަންޓް އޯ ޕަނިޝްމަންޓް ޕްރޮފެސަރު ނިލްސް މެލްޒާ، އޭނާ ރާއްޖެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތަފުސީލު މަޖިލިސް ރައީސް، ރައީސް މުޙައްމަދު ނަޝީދުއާ ހިއްސާކުރެއްވި އެވެ. އަދި، ލާއިންސާނީ އަނިޔާވެރި ޢަމަލުތައް ހުއްޓުވުމަށް ޓަކައި ރާއްޖެއިން އަޅަމުންދާ ފިޔަވަޅުތަކާއި އެކަމުގައި ދިމާވާ ގޮންޖެހުންތަކާމެދު ވެސް މަޝްވަރާކުރެއްވި އެވެ. މީގެ އިތުރުން، ރާއްޖޭގެ ޖަލުތަކުގެ ހާލަތު ރަނގަޅުކުރުމަށް ކުރައްވަމުންދާ މަސައްކަތުގެ ދަށުން، އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމަށް ބައިނަލްއަޤުވާމީ އުސޫލުތައް ތަންފީޒުކުރުމާ ގުޅޭ ގޮތުން ޚިޔާލު ބަދަލުކުރެއްވި އެވެ.

މިބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް، އީވާ ޢަބްދުﷲ އާއި އަމީން ޢާއްމު ފާޠިމަތު ނިޔުޝާއާއި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

comment ކޮމެންޓް