ބީއެމްއެލް މޯބައިލްޕޭ އިން ފައިސާ ދައްކައިގެން ފައިސާގެ އިނާމު

ބޭންކް އޮފް މޯލްޑިވްސްގެ މޯބައިލް ޕޭ އިން ފައިސާ ދައްކައިގެން އަގުހުރި ފައިސާގެ އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.

ބީއެމްއެލް އިން ބުނީ އެ ބޭންކުގެ މޯބައިލް ޕޭ ކަސްޓަމަރުންނާއި މާޗަންޓުންނަށް ހާއްސަކޮށްގެން ކުރިއަށްގެންދާ "ސްކޭން ޓު ޕޭ" ޕްރޮމޯޝަނުގައި ކިޔުއާރު ކޯޑު ސްކޭން ކޮށްގެން އަދި ލިންކު ބޭނުންކޮށްގެން ފައިސާ ދައްކާ ތިން ކަސްޓަމަރުންނަށާއި ތިން މާޗަންޓުންނަށް ހާއްސަ އިނާމުތަކެއް ދޭނެ ކަމަށެވެ.

އެގޮތުން 30،000 ރުފިޔާ، 20،000 ރުފިޔާ އަދި 10،000 ރުފިޔާގެ ފައިސާގެ އިނާމު ދޭން ނިންމާފައިވާ ކަމަށާއި ކޮންމެ ހަފްތާއަކު ގުރުއަތުން ހޮވޭ ފަސް ކަސްޓަމަރުންނަށާއި މާޗަންޓުންނަށް 1000 ރުފިޔާ ވެސް ދޭނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.

މި ޕްރޮމޯޝަންގައި ބައިވެރިވުމުގެ ފުރުސަތު ބީއެމްއެލްގެ ހުރިހާ ކަސްޓަމަރުންނަށާއި ބީއެމްއެލް ގެ ޕީއޯއެސް ބޭނުން ކުުރާ ހުރިހާ މާޗަންޓުންނަށް ވަނީ ހުޅުވާލެވިފަ އެވެ.

ޕްރޮމޯޝަން ކުރިޔަށް ދާނީ 17 ޖަނަވަރީ 2020 ގެ ނިޔަލަށެވެ.

comment ކޮމެންޓް