ސިލޯނުގެ ޖެފް ސައިފަތް އެމްޔޫސްޓޯރުން ތައާރަފުކޮށްފި

ސިލޯނުގެ މަގުބޫލު ސައިފަތެއް ކަމަށްވާ "ޖެފްޓީ"-- ފޮޓޯ: އެމްޔޫ ސްޓޯ

ސިލޯނުގެ މަގުބޫލު ސައިފަތެއް ކަމަށްވާ "ޖެފްޓީ" އެމްޔޫ ސްޓޯރުން ރާއްޖޭގެ ބާޒާރަށް ތައާރަފުކޮށްފި އެވެ.

އެމްޔޫ ސްޓޯރުން ރާއްޖެއަށް ތައާރަފު ކުރި ޖެފްޓީގެ "މެޖެސްޓިކް ސިލޯން" ސައިފަތަކީ ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ "ޖެފާޖީ ބްރަދަސް" ގެ އުފެއްދުމެކެވެ.

ޖެފް ޓީ އަކީ ދުނިޔޭގެ 30 ގައުމެއްގައި މިހާރުވެސް މަގުބޫލު މީރު ސަޔެކެވެ. ޖެފްޓީ އުފައްދާ ކުންފުނީގެ 10،000 އެއްހައި ސައިފަތް ދަނޑު އޮންނަ އިރު ދަނޑުތަކަށް ބެހިފައިވާ ގޮތުގެމަތިން އެމީހުންގެ ސައިފަތް ސިލޯނުގެ 600 ސަރަހައްދެއްގައި އުފައްދައެވެ.

ކޮންމެ ދުވަހަކު ވެސް އުފައްދާ ސައިފަތް އުފެއްދުމުގެ ކުރިން ރަހަބަލާ މުވައްޒަފުން ތިބެއެވެ. ސައިފަތް ދަނޑުން ކަނޑާތާ ގިނަ ދުވަސްތައް ނުވަނީސް މި ސައިފަތް ޕެކްކުރަންވެސް ފަށައެވެ. އެއީ ސައިފަތުގެ ހަގީގީ ރަހަ ނުގެއްލި ސައިފަތް ގަންނަ ފަރާތްތަކަށް އަވަހަށް ފޯރުކޮށްދިނުމަށެވެ.

ސައިބުއިމަކީ ހިންހަމަޖެހުން ލިބި މީހާގެ ސިކުނޑި ތާޒާކޮށް ވިސްނުންތައް ތަރައްގީ ކުރުވާކަމަކަށް ވާއިރު ޓީ ކަލްޗާ އަކީ ދިވެހިންގެ ތެރޭގައިވެސް މިހާރު މަގުބޫލު ކަމެކެވެ. މީރު ކޮލެޓީ ސަޔެއް ރަހަބަލާލަން ބޭނުން މީހުންނަށް ޖެފްޓީ އަކީ ރަނގަޅު ޗޮއިސް އަކަށް ވާނެއެވެ.

comment ކޮމެންޓް