"ދަ ލިޓްލް މާމެއިޑް"ގެ ޕްރިންސްގެ ރޯލު ޖޮނާ އަށް

ޕްރިންސް އެރިކްގެ ރޯލަށް ވަނީ ޖޮނާ ހަމަޖައްސާފައި----

ޑިޒްނީގެ މަޝްހޫރު ކާޓޫން "ލިޓްލް މާމެއިޑް"ގެ ލައިވް އެކްޝަން ފިލްމަށް ޖޮނާ ހައުއާ ކިންގް 24، ސޮއިކޮށްފައިވާ ކަމަށް ހަބަރުތައް ބުނެފިއެވެ.

ޖޮނާ އެ ފިލްމުގައި ކުޅޭނީ ޕްރިންސް އެރިކްގެ ބައެވެ. ބޮލީވުޑްގެ ޚަބަރުތައް ބުނާގޮތުގައި އެ ފިލްމުގެ ޕްރިންސް ރޯލު ކުރިން ކުޅެން ދިނީ ވަން ޑިރެކްޝަންގެ ހެރީ ސްޓައިލްސް އަށެވެ. ނަމަވެސް އޭނާ ވަނީ އޭނާގެ މިއުޒިކް ކެރިއަރަށް ބޮޑަށް ފޯކަސް ކުރުމަށް އެ ރޯލު ދޫކޮށްލާފައެވެ.

ހެރީ އެ ރޯލް ދޫކޮށްލުމުން އެ ރޯލު ހުށައެޅީ ބަތަލު ޖޮނާއަށެވެ. އޭނާ ވަނީ ފިލްމު ކުޅެން އެއްބަސްވެފައިކަމަށް ހަބަރުތައް ބުނެއެވެ. ފިލްމުގައި "އޭރިއަލް"ގެ ރޯލުން ފެންނާނީ "ކްލޮއީ އެކްސް ހެލީ" ގްރޫޕްގެ ލަވަކިިޔުންތެރިޔާ ހެލީ ބެއިލީ އެވެ.

އަންނަ އަހަރު ފިލްމުގެ ޝޫޓިން ފެށުމަށް ހަމަޖެހިފައިވާއިރު ކާޓޫންގައި ފެންނަ ވިލަން "އުރްސެލާ"ގެ ރޯލުން ފެނިގެންދާނީ މެލިސާ މެކާތީއެވެ. އަދި "ސިބޭސްޓިއަން"ގެ ރޯލުން ފެނިގެންދާނީ ޑެވީޑް ޑިގްސްއެވެ. އަދި ރަސްގެފާނު ޓްރައިޓަންގެ ރޯލުން ފެނިގެންދާނީ ހާވިއާ ބާޑެމް އެވެ.

ކާޓޫންގެ ލައިވް އެކްޝަން ފިލްމު ހަދާއިރު ކާޓޫންގައި ފެނިގެންދިޔަ ހުރިހާ ލަވައެއް ވެސް އަލުން އުފައްދާނެއެވެ.

comment ކޮމެންޓް