ފޯލްޓް އިން އަވާ ސްޓާޒްގެ ހިންދީ ރީމޭކް އަންނަ އަހަރަށް

ފިލްމުގެ ޕޯސްޓަރެއް---

ދެހާސް ސާދަ ވަނަ އަހަރު ރިލީޒް ކުރި ކާމިޔާބު ހޮލީވުޑް ފިލްމު، 'ދަ ފޯލްޓް އިން އަވާ ސްޓާޒް'ގެ ހިންދީ ރީމޭކް އަންނަ އަހަރު ސިނަމާތަކަށް ގެނެސްދޭން ތާވަލްކޮށްފި އެވެ.

ފިލްމު އަންނަ އަހަރު މެއި އަށްވަނަ ދުވަހު ރިލީޒްކުރާނެކަން ކްރިޓީކް ތަރަން އާދަޝްވަނީ ޔަގީންކޮށްދީފަ އެވެ. ފިލްމުގެ ޑައިރެކްޓަރަކީ މުކޭޝް ޗަބްރާއެވެ.

ފޮކްސް ސްޓާ ސްޓޫޑިއޯ އިން ޕްރޮޑިއުސް ކުރުމަށް ހަމަޖެހިފައިވާ އެ ފިލްމުގެ ލީޑު ރޯލުން ފެނިގެންދާނީ ކުޅަދާނަ ބަތަލު ސުޝާންތް ސިންހް އާ ސަންޖަނާ ސަންގީއެވެ. ސަންޖަނާ ވަނީ މީގެ ކުރިން ވަރަށް އިޝްތިހާރުތަކުންނާއި ފިލްމުތަކުގައި ވަރަށް ކުދި ކުދި ރޯލުތަކުން ފެނިގެން ގޮސްފަ އެވެ.

ފޯލްޓް އިން އަވާ ސްޓާޒްގެ ހިންދީ ރީމޭކް އަށް ކިޔަނީ "ދިލް ބޭޗާރާ" އެވެ.

'ދަ ފޯލްޓް އިން އަވާ ސްޓާޒް' އަކީ ޖޯން ގްރީން ހަމަ އެނަމުގައި ލިޔެފައިވާ ވާހަކައިގެ މައްޗަށް، ޖޯޝް ބޫން ޑައިރެކްޓުކޮށް އުފައްދާފައިވާ ފިލްމެކެވެ. އެއީ ކެންސަރު ޖެހިފައިވާ ދެ ޒުވާނުންގެ ދެމެދުގައި އުފެދޭ ލޯބީގެ މައްޗަށް އުފައްދާފައިވާ އަސަރުގަދަ ފިލްމެކެވެ.

comment ކޮމެންޓް