ދިވެހި ފިލްމު އެވޯޑްސް: އެންމެ މޮޅު ބަތަލުގެ އެވޯޑު ލިބޭނީ ކާކަށްބާ؟

އެންމެ ފަހުން ބޭއްވި އެވޯޑް ހަފްލާގައި އެންމެ މޮޅު ބަތަލުގެ އެވޯޑް ހޯދި ޖުމައްޔިލް---

މިރެއަކީ ހަމަގައިމު ވެސް ދިވެހި ފިލްމު އިންޑަސްޓްރީއަށް ބޮޑު އީދެއް އަންނާނެ ރެއެކެވެ. އެއް އަހަރު ދުވަހުގެ މެދުކެނޑުމަކަށް ފަހު ދިވެހި ފިލްމު އެވޯޑްސް މިރޭ ބާއްވާ އިރު މި ހަފްތާތެރޭ ވަނީ ހަ ކެޓަގަރީގެ ނޮމިނޭޝަންތައް އިއުލާންކޮށްފި އެވެ.

އެންމެ މޮޅު ބަތަލާގެ އެވޯޑް ނެގުމަށް ފަހު ގިނަ ބަޔަކު އެންމެ އިންތިޒާރުކުރާނީ އެންމެ މޮޅު ބަތަލުގެ އެވޯޑަށެވެ. މި އެވޯޑު މިފަހަރު ގެންދާނީ ކޮން ތަރިއެއްތޯ ބެލުމަށް ބެލުންތެރިން ވެސް ފަންނާނުން ވެސް ތިބޭނީ ހަމަ ކެތްމަދުވެފަ އެވެ.

ނުވަވަނަ ދިވެހި ފިލްމު އެވޯޑްސްގެ އެންމެ މޮޅު ބަތަލުގެ އެވޯޑަށް ވާދަކުރާ ހުނަރުވެރި ތަރިންނަކީ މުހައްމަދު މުންތަސިރު، ޔޫސުފް ޝަފީއު، ރަވީ ފާރޫގު، މުހައްމަދު ޖުމައްޔިލު ނިމާލް އަދި
އިސްމާއިލް ޒުހައިރު އެވެ.

"ވިޝްކާ" ގެ މަންޒަރެއްގައި ރަވީ އަދި ރިޝްމީ ---

އެންމެ ފަހުން ބޭއްވި އެވޯޑްގައި އެންމެ މޮޅު ބަތަލުގެ އެވޯޑް ކާމިޔާބު ކުރީ ކުރިއަރަމުން އަންނަ ބަތަލު މުހައްމަދު ޖުމައްޔިލް ނިމާލެވެ. މިފަހަރު ވެސް ޖުމައްޔިލް ވާދަކުރަނީ ޑާކްރެއިންގެ "ވަކިން ލޯބިން" އިންނެވެ.

ދެން މި އެވޯޑަށް ވާދަކުރާ ބަތަލަކީ ޔޫސުފް ޝަފީއު (ޔޫއްޕެ) އެވެ. ޔޫއްޕެ އަކީ ދިވެހި ފިލްމު އިންޑަސްޓްރީގެ ރަސްގެފާނޭ ބުންޏަސް ދޮގަކަށް ނުވާނެ އެވެ. ޖެހިޖެހިގެން ތިން ފަހަރެއްގެ މަތިން ޔޫއްޕެ ވަނީ މި އެވޯޑް ވެސް އުފުލާލައިފަ އެވެ. އެންމެ ފަހުން ބޭއްވި އެވޯޑަށް ޔޫއްޕެ މި ކެޓަގަރީއިން ނޮމިނޭޓް ވެސް ވެފައެއްނުވެ އެވެ.

ކާމިޔާބު ބަތަލު ޔޫއްޕެ -- ސަން ޕޮޓޯ/ އަޙުމަދު އަވްޝަން އިލްޔާސް

ޔޫއްޕެ އާ އެންމެ ގާތުން މި އެވޯޑަށް ވާދަކުރާނީ ބަތަލު ރަވީ ފާރޫގެވެ. މި ފަހަރު އޭނާ ނޮމިނޭޓްވެފައި މިވަނީ "ވިޝްކާ" އިންނެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި މިފަހަރު މި އެވޯޑް އުފުލާލައިލާނީ ރަވީ އެވެ. ވިޝްކާގައި ރަވީ ދައްކުވައިދިން އެކްޓު ވަރަށް ފުރިހަމަވެފައި އެ ރޯލު އޭނާއަށް ވަރަށް ކުޅޭކަމަށް ބެލުންތެރިން ބުނެފައިވެ އެވެ.

އެންމެ މޮޅު ބަތަލުގެ އެވޯޑަށް އަލަށް މިފަހަރު ނޮމިނޭޓްވެފައި ވަނީ މުންތަސިރު އެވެ. އެއީ ފިލްމު އިލްނޮއިސް އިންނެވެ. މި އެވޯޑަށް ދެން ވާދަކުރަނީ ފިލްމު މަލިކާ އިން އަދި ޒާހިރު އެވެ.

މި ފަހަރު އެންމެ މޮޅު ބަތަލުގެ އެވޯޑު އުފުލާލައިލާނީ ޖުމައްޔިލް ހެއްޔެވެ؟ ޔޫއްޕެ ހެއްޔެވެ؟ ނުވަތަ ރަވީ ހެއްޔެވެ؟

comment ކޮމެންޓް