ސަމާލުވޭ! އެސްޓީއޯ އިން ފައިސާ ހޯދުމަށް ނުގުޅާނެ!

އެސްޓީއޯގެ ނަމުގައި ފައިސާ ހޯދުމަށް މީހުންނަށް ދަނީ ގުޅަމުން، އެކަމަށް ސަމާލުވުމަށް ވަނީ އެދިފައި ---

ސަރުކާރު ވިޔަފާރި ކުންފުނި، އެސްޓީއޯގެ ނަމުގައި ފައިސާ ހޯދުމަށް ބަޔަކު މީހުންނަށް ގުޅަމުންދާ ކަމަށާއި އެކަމަށް ސަމާލުވުމަށް އެ ކުންފުނިން އެދެފި އެވެ.

އެސްޓީއޯ އިން މިއަދު ނެރުނު ކުރު ނޫސް ބަޔާނުގައި ބުނީ، އެ ކުންފުނީގެ ނަމުގައި މީހުންނަށް ގުޅައި ކުންފުނީގެ އަހަރީ ދުވަހުގެ ޕްރޮމޯޝަންގައި ބައިވެރިވުމަށް ވަކި ފޯން ނަންބަރުތަކަށް ރީލޯޑުކޮށް، ފައިސާ ޖަމާ ކުރުމަށް އެދެމުންދާ ކަމުގެ މައުލޫމަތު ލިބެމުންދާ ކަމަށެވެ.

"ކަސްޓަމަރުން ރީލޯޑްކޮށްގެން އިނާމު ލިބޭފަދަ ޕްރޮމޯޝަނެއް އެއްވެސް އިރެއްގައި އެސްޓީއޯ އިން ނުހިންގައެވެ،" އެ ކުންފުނިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

އެހެންކަމުން އެކަމަށް އާންމުން ސަމާލުވުމަށް އެކުންފުނިން ވަނީ އިލްތިމާސްކޮށްފަ އެވެ.

އޮޅުވާލައިގެން، މަކަރާ ހީލަތުން ފައިސާ ހޯދުމަށް އެކި މީހުންގެ ފޯނުތަކަށް ގުޅާ މައްސަލަތައް ދޭތެރެ ދޭތެރެއިން ފެންމަތިވެ އެވެ.

comment ކޮމެންޓް