އޯޝަން މޭން ރޭސް ދޮޅު ގަޑިއިރު ތެރޭ ޝަމީމް ނިންމަވައިފި

ވިއެޓްނާމުގައި ކުރިއަށް ދިޔަ އަޔަންމޭން 70.3ގެ ސްވިމިން އިވެންޓަށް ޝަމީމް ތައްޔާރުވަނީ: އޭނާ ޓްރައިތެލޯން ފުރިހަމަކުރީ 186 ވަނައިގައި އޮވެ ---

ހަމައެކަނި ފަތައިގެން ޖަހާ، ފަސް ކިލޯ މީޓަރު ރޭހެއް ކަމަށްވާ އޯޝަން މޭން ސްވިމް އެއް ގަޑިއިރާއި 38 މިނަޓުން ނިންމި ފުރަތަމަ ދިވެއްސަކަށް، ގާނޫނީ ވަކީލް އަދި ކުރީގެ ފުޓްބޯޅަ ކުޅުންތެރިޔާ ހުސެއިން ޝަމީމް ވެއްޖެ އެވެ.

ތައިލަންޑުގެ ކްރަބީގައި މިއަދު އޮތް މި ރޭސް ސަލާމަތާއި ރައްކާތެރިކަމާ އެކު ނިންމާލުމަށް ފަހު ޝަމީމް ކުރެއްވި ޓުވީޓެއްގައި އޭނާ ވަނީ އިވެންޓުން ލިބުނު މެޑަލްއާ އެކު ފޮޓޯއެއް ލައިފަ އެވެ.

"އެންމެ ބޭފުޅުންގެ ހެޔޮ އެދުމާއި ދެއްވާ ހިތްވަރަށް ހިތުގެ ޢުމުގުން ޝުކުރު ދަންނަވަން. ސަލާމަތާއި ރައްކާތެރިކަމާ އެކު ފަސް ކިލޯ މީޓަރު ފެތުމުގެ އޯޝަން މޭން ރޭސް 1 ގަޑި 38 މިނިޓުން ނިންމާލެވިއްޖެ. ސިއްހަތަކީ ނިއުމަތެއް އެއާމެދު ސުވާލު ކުރެވޭނެ. އެއަށް ރައްކާތެރިވުމަކީ ދީނީ ވާޖިބެއް." ޝަމީމް ރޭސް ނިންމުމަށް ފަހު ކުރެއްވި ޓުވީޓެއްގައި އޭނާ ބުނެފައިވެ އެވެ.

ހާފް އޯޝަންމޭން ސްވިމްގެ ރޭހުގެ ޓައިމް ލިމަޓަކީ ތިން ގަޑިއިރާއި 30 މިނަޓެވެ. މި ރޭހުގައި 300 މީހުން ވަނީ ބައިވެރިވެފަ އެވެ. މިއަދު ހެނދުނު އިންޑޯނޭޝިޔާގެ ކްލޮން މުއަންގް ބީޗާ ދިމާ މޫދުގައި ކުރިއަށް ދިޔަ މި އިވެންޓުގައި 10 ކިލޯ މީޓަރު ފެތުމާއި ކުޑަ ކުދިންގެ އެއް ކިލޯމީޓަރު ފެތުމުގެ ހަރަކާތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ޝަމީން ވަނީ އިންޑިއާގައި ގޯއާގައި ދާދި ފަހުން އޮތް އަޔަންމެން ޓްރައިތެލޯންގައި 35-39 އަހަރާ ދެމެދުގެ ކެޓަގަރީގައި ވާދަކުރިި 168 ޓްރައެތުލީޓުންގެ ތެރެއިން 16 ވަނަ ހޯދައި އަންނަ އަހަރުގެ ނޮވެމްބަރު މަހު ނިއު ޒީލެންޑުގައި އޮންނަ ވޯލްޑް ޗެމްޕިއަންޝިޕަށް ވެސް ކޮލިފައި ވެފަ އެވެ.

މި ރޭހަކީ ދުވުމާއި ބައިސިކަލް ދުއްވުން އަދި ފެތުން ހިމެނޭ ރޭހަކަށް ވާއިރު، ޝަމީމް އެ ރޭހުގައި 1.9 ކިލޯ މީޓަރުގެ ފެތުން ނިންމައިލި އިރު އޮތީ ތިން ވަނައިގަ އެވެ. އޭގެ ފަހުން 90 ކިލޯ މީޓަރުގެ ބައިސިކަލް ދުއްވުން ނިންމާލީ ހަތް ވަނައިގަ އެވެ. އެކަމަކު 21.2 ކިލޯ މީޓަރަށް ދުވެ ނިންމާލި އިރު 15 ވަނަ އަށް ސޮއްސާލީ އެވެ.

ވަކީލުކަން ކުރެެއްވުމުގެ އިތުރުން ޝަމީމް އަކީ ސްވިމް މޯލްޑިވްސް ކްލަބުގެ ރައީސްވެސް މެއެވެ. އޭނާ އަންނަނީ ސްވިމް މޯލްޑިވްސްގެ ނަމުގައި ފެތުމުގެ ބޮޑެތި މުބާރާތްތަކެއް ރާއްޖޭގައި ބާއްވަމުންނެވެ. އެގޮތުން ދިރާގާ އެކު މިދިޔަ މަހު ވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ ގިނަ ބަޔަކު ބައިވެރިވި ފެތުމުގެ ރޭސް މާލޭގައި ބާއްވައިފަ އެވެ.

comment ކޮމެންޓް