ކެންސަލްކޮށްލި "ވަން ޑޭ އެޓް އަ ޓައިމް" އެހެން ޗެނެލަކަށް!

ވަން ޑޭ އެޓް އަ ޓައިމްގެ ކާސްޓުން ---

ނެޓްފްލިކްސް އިން ކެންސަލުކޮށްލާފައިވާ ބެލުންތެރިންގެ މަގުބޫލު ކޮމެޑީ ޝޯ "ވަން ޑޭ އެޓް އަ ޓައިމް" އަނބުރާ ޓީވީއަށް ގެނައުމަށް އެހެން ކުންފުންޏަކަށް ނަގައިފި އެވެ.

މީގެ ހަ މަސް ކުރީން ނެޓްފްލިކްސް އެ ޝޯ ކެންސަލްކޮށްލާފައިވަނީ ތިން ސީޒަނަށް ފަހުގަ އެވެ. ޝޯގެ ހަތަރު ވަނަ ސީޒަން އިން ފެށިގެން އެ ޝޯ ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ ސީބީއެސްގެ "ޕޮޕް ޓީވީ" އިންނެވެ.

ނަމަވެސް ވަން ޑޭ އެޓް އަ ޓައިމް އަށް އޮތް އުފާވެރި ހަބަރުތައް އެހާ ހިސާބުން ނިމުނީއެއް ނޫނެވެ. ނެޓްފްލިކްސް އިން އެ ޝޯ ކެންސަލު ކޮށްލިފަހުން މިދިޔަ އާދިއްތަ ދުވަހު އެ ޝޯއަށް ވަނީ ފުރަތަމަ އެމީ އެވޯޑް ލިބިފަ އެވެ.

ވަން ޑޭ އެޓް އަ ޓައިމްގެ ހަތަރު ވަނަ ސީޒަންގެ މަސައްކަތް ކުރަން ފަށާފައިވާއިރު އެ ޝޯގެ އޮރިޖިލަ ޕްރޮޑިއުސަރުން ހަރަކާތްތެރިވާނެ އެވެ.

އެ ޝޯގައި ދައްކުވައިދޭނީ ލެޓިން އާއިލާއެއްގެ ދިރިއުޅުމެވެ. އަދި އެމެރިކާގައި ލެޓިން އާއިލާއަށް ދިމާވާ ދަތިތަކާއި ސިޔާސީ މައްސަލަތަކުގެ އިތުރުން އިޖުތިމާއީ އެކި މައްސަލަތަކަށް އެޝޯގައި ވާހަކަ ދައްކާނެ އެވެ. ނަމަވެސް ބެލުންތެރިންނަށް އެ ޝޯ ކަމުދަނީ އެ މައްސަލަތައް ސްކްރީނަށް ގެނެސްދީފައިވާ ގޮތުގެ ސަބަބުންނެވެ.

comment ކޮމެންޓް