ކަލާފާނު ސްކޫލުގައި ހުރި ގަހެއް ވެއްޓި، ކާރަކަށް ގެއްލުންވެއްޖެ

ކަލާފާނު ސްކޫލުގައި ހުރި ގަހެއް ވެއްޓި، ޕާކު ކޮށްފައި އޮތް ކާރަކަށް ގެއްލުން ވެއްޖެއެވެ.

އެމްއެންޑީއެފްއަށް މި ހާދިސާގެ ރިޕޯޓު ލިބުނި، މިއަދު އިރުއޮއްސި 7:24 ގައެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިޝަލް "ސަން" ވިދާޅުވީ، މި ހާދިސާގައި ކާރަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް މީހަކަށް ގެއްލުމެއް ނުވާކަމަށެވެ. ފަޔާ އެންޑް ރެސްކިއު ޓީމުން މިހާރު ގަސް ނަގާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ، ގަސް ވެއްޓެން މެދުވެރިވީ ގަހުގެ އޮފިގަނޑެއް އިރާގެން ދިޔުމުން ކަމަށެވެ.

comment ކޮމެންޓް