ހޭންޑް ފޫޓް އެންޑް މައުތު ބަލި ފެތުރޭތީ ސަމާލުުވުމަށް އިލްތިމާސްކޮށްފި

ރާއްޖޭގައި ހޭންޑް ފޫޓް މައުތު ބަލި ފެތުރޭތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އިން އިލްތިމާސްކޮށްފިއެވެ.

އެޗްޕީއޭގެ ޑެޕިއުޓީ ޑިރެކްޓާ ޖެނެރަލް އިބްރާހިމް ނިޝާން މިރޭ "ސަން"އަށް ވިދާޅުވީ މިހާރަކަށް އައިސް އެ ބަލި ފެންނަމުންދާލެއް އިތުރުވެފައިވާ ކަމަށެވެ.

ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު، އަހުމަދު ފައިސަލް މިއަދު "ސަން"އަށް ވިދާޅުވީ އެ ބަލި ފެންނަމުންދާތާ ހަފްތާއެއް ވެދާނެ ކަމަށެވެ.

ފައިސަލް ވިދާޅުވީ މިއީ "އެންޓެރޯ ވައިރަސް" ނަމަކަށް ކިޔާ ވައިރަހަކުން ފެތުރޭ ގައިން ގަޔަަށް ވަރަށް ފަސޭހައިން ފެތުރޭ ބައްޔެއް ކަަމަށެވެ.

"އެކި ކުދިންގެ ފަރާތުން މި ބަލީގައި އަލާމާތްތައް ފެންނަން ފަށާނީ ތަފާތުކޮށް. ބިހިތައް ފެންނަން ފަށާފާނެ އަތުން ނުވަތަ ބުރަކަށިން ނުވަތަ އުނޅަބޮށިންވެސް" ފައިސަލް ވިދާޅުވިއެވެ.

ހޭންޑް ފުޓް އެންޑް މައުތު ބައްޔާ ބެހޭ ބައެއް މުހިންމު މައުލޫމާތު--- ފޮޓޯ: އެޗްޕީއޭ

ޑރ. ފައިސަލް ވަނީ އެ ބަލީގެ އަލާމާތްތައް ފެނިއްޖެނަމަ ކުދިން ސްކޫލަށްނުފޮނުވާ ގިނަކުދިން ކުޅޭއެއްޗެހިތައް، ދޮރުގެ އަތްގަނޑުތައްކަހަލަ ގިނައިން އަތް ޖެހޭތަންތަން ރަނގަޅަށް ސާފުކުރުމަށް އިލްތިމާސްކުރައްވައިފައެވެ.

ފައިސަލް ވިދާޅުވީ އެ ބަލި އާންމުކޮށް ޖެހޭނީ 10 އަހަރުން ދަށުގެ ކުދިންނަށް ކަމަށެވެ.

comment ކޮމެންޓް