ކެންސަރު ބައްޔަށް ފަރުވާ ހޯދަމުން އަންނަ ބަތަލު އިރުފާން އޮޕަރޭޝަނެއް ކޮށްފި

އިރްފާން ހާން ވަނީ އޮޕަރޭޝަނަކަށް ފަހު އިންޑިއާ އަށް އައިސްފައި---

މިދިޔަ އަހަރު މެދެއްހާ ހިސާބުން ފެށިގެން ކެންސަރު ބައްޔަށް އިނގިރޭސިވިލާތުގައި ފަރުވާ ހޯދަމުން އަންނަ ކުޅަދާނަ ބަތަލު އިރުފާން ޚާން އޮޕަރޭޝަނެއް ކޮށްފި އެވެ.

އިރުފާނުގެ ތަރުޖަމާނާ ހަވާލާދީ ބޭރުގެ މީޑިއާތަކުން ބުނީ އިރުފާން އޮޕަރޭޝަނެއްކޮށް މިހާރު ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ.

" އޮޕަރޭޝަނަށް ފަހު އޭނާ ވަނީ ކުރު ދަތުރެއްގައި މުމްބާއީ އަށް ގޮއްސައި،"

އިރްފާން މިދިޔަ އަހަރު ކުރި ޓުވީޓްގައި ބުނީ އޭނާ އަށް ނިއުރޯއެންޑޮކްރައިން ޓިއުމާ (ނެޓްސް) ޖެހިފައިވާ ކަމަށާއި އެއީ ބަނޑަށް ޖެހޭ ކެންސަރުގެ ބާވަތެއް ކަމަށެވެ.

އޭނާ އޮޕަރޭޝަން ކުރުމުގެ ކުރިން ވަނީ "ހިންދީ މީޑިއަމް"ގެ ދެވަނަ ބައި "އަނގްރޭޒީ މީޑިއަމް"ގެ ޝޫޓިން ފުރިހަމަކޮށްފަ އެވެ.

އޭނާ ވަނީ ބޮލީވުޑްގައި ގިނަ މަސައްކަތްތަކެއްކޮށް ކާމިޔާބު ފިލްމުތަކެއް ވެސް ބެލުންތެރިންނަށް ގެނެސްދީފަ އެވެ.

މަސްދަރު: ނިއުސް 18

comment ކޮމެންޓް