ފަސްކުރި ފިލްމު "މޭޑް އިން ޗައިނާ"ގެ ޕޯސްޓަރު ދައްކާލައިފި

"މޭޑް އިން ޗައިނާ" އިން ފެންނާނެ ރާޖުކުމާރު އަދި މޯނީ

ޕްރޮޑިއުސަރު ދިނޭޝް ވިޖަންގެ "މޭޑް އިން ޗައިނާ"ގެ ޕޯސްޓަރު ދައްކާލައިފި އެވެ.

ފިލްމު އެންމެ ފުރަތަމަ ރިލީޒްކުރަން ނިންމީ އަންނަ އޯގަސްޓު މަހުގެ 15 ވަނަ ދުވަހު އެވެ. ނަމަވެސް މިހާރު އެ ފިލްމު އަޅުވާނީ އަންނަ މަހުގެ 25 ވަނަ ދުވަހު އެވެ. "މޭޑް އިން ޗައިނާ"އަކީ މަޝްހޫރު ވިޔަފާރިވެރިއެއްގެ ދިރިއުޅުން ދައްކުވައިދޭނެ ހެއްވާ މަޖާ ފިލްމެކެވެ.

ފިލްމުގެ ޕޯސްޓަރު ދައްކާލައިފައިވާ އިރު ފިލްމުގެ ޓްރެއިލާ މާދަމާ ދައްކަން ވަނީ ހަމަޖެހިފަ އެވެ. ފިލްމުގެ ލީޑު ރޯލުން ފެންނާނީ ރާޖްކުމާރު ރޯއީއާއި މޯނީ ރޯއީ އެވެ.

މިޚިލް މުސާލޭ ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ފިލްމު ކުންފުނި މެޑޮކް ފިލްމްސް އިން ތައްޔާރުކުރާ ފިލްމެކެވެ.

އެ ފިލްމުގެ މަންޒަރުތައް ޗައިނާގެ އިތުރުން އަބޫދާބީގައި ވެސް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ.

comment ކޮމެންޓް